ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ވަން އޮންލައިން
ހަބަރު
26 Jun 2023 | 11:46
އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖާޖީންގެ މަތިވެރި ދުޢާއާއި އެކުގައި: ޢިމްރާން

މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާ، އެކަން ކުރައްވާނީ ހައްޖާޖީންގެ މަތިވެރި ދުޢާ ތަކާއި އެކުގައި ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ ހައްޖާޖީން، ހައްޖުގެ މަތިވެރި އަޅުކަން ފަށައިގަންނަ ދުވަސް ކަމަށެވެ.

މިއާއެކު ހައްޖުގެ އަޅުކަމާއި، ރިޔާސީ އިންތިހާބާއި ގުޅުވާލަމުން އިމްރާން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބު، އަދާލަތު ޕާޓީން ތާއީދުކުރާ ކެންޑިޑޭޓް، ރައީސް ޞާލިހު، ކާމިޔާބު ކުރައްވާނީ، ހައްޖަށް ވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚުތުންގެ މަތިވެރި ދުޢާ ތަކާއިވެސް އެކުގައި ކަމަށެވެ. 

"މި އަހަރުގެ އިންތިޚާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރާނީ، އިރާދަކުރެއްވިޔާ، ހައްޖަށް ވަޑައިގެންވާ، އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ މަތިވެރި ދުޢާ ތަކާއި އެކުގައެވެ." އިމްރާން ވިދާޅުވިއެވެ. 

ރިޔާސީ އިންތިހާބު ބޭއްވުމަށް ގާތް ގަނޑަކަށް ދެމަސް ދުވަހަށް ވެފައިވާއިރު، އެ އިންތިހާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނެ ކަމަށް މިއަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން އަންނަނީ ބުނަމުންނެވެ. 

އެގޮތުން، އެ ޕާޓީއާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި، އަދާލަތު ޕާޓީއާއި، އެމްޑީޕީއަށް އޮތް ތާއީދަށް ބައްލަވައި ހިސާބު ޖެއްސެވުމަށްފަހު އިމްރާން ވަނީ، %51 އަށްވުރެ ގިނަ ވޯޓާއި އެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނީ ރައީސް ޞާލިހް ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، ރައީސް ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއެންޕީން ވެސް ވަނީ އެކުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.