ރޮބާޓޯ ފިރްމީނޯ
ކުޅިވަރު
26 Jun 2023 | 11:48
ފިރްމީނޯ ވެސް ސައުދީ ލީގަށް!

އިގިރޭސި ޕްރެމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެޓީމު ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އަހްލީއަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

2015 ވަނަ އަހަރު ޖަރުމަނުގެ ހޮފެންހައިމް އިން 29 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ލިވަޕޫލަށް ބަދަލުވި ފޯވާޑް ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އަދި މިއާއެކު ޔޫރަޕުގެ ބައެއް ބޮޑެތި ޓީމުތަކުން ދިޔައީ އޭނާ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ސްޕެއިންގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ހިމެނެއެވެ.

ފިރްމީނޯ ވަނީ ލިވަޕޫލްގައި ހޭދަކުރި 8 އަހަރުތެރޭގައި އެޓީމަށް 256 މެޗު ކުޅެދީ 82 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ލިވަޕޫލާއި އެކު ޕްރެމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް، ޔުއެފާ ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސްލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 31 އަހަރުގެ ފިރްމީނޯ އަލް އަހްލީއަށް ބަދަލުވާން އެއްބަސްވެފައިވަނީ ފްރީ ޓްރާންސްފާއެއްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.