އާބަންކޯގެ ކުޅުންތެރިން މުބާރާތުގެ ތައްޓާއެކު
ކުޅިވަރު
26 Jun 2023 | 13:49
އޮފީސް/ކުންފުނި ބައިބަލާ ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން އާބަންކޯ އިން ހޯދައިފި!

މިއަހަރު މުޅިން އަލަށް އޮފީސް/ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުނު އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް 2023ގެ ޗެމްޕިއަންކަން އާބަންކޯގެ ޓީމުން ހޯދައިފި އެވެ. 

މި މުބާރާތަށް ވަރުގަދަ ޓީމަކާއެކު ބައިވެރިވި އާބަންކޯ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ގަދަހިފުމުގައި އެމްޕީއެލްގެ މަށްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ 8-6 ގެ ނަތީޖާއަކުން އެމްޕީއެލް ކާމިޔާބު ކުރި ނަމަވެސް، ދެވަނަ  ގޭމު އާބަންކޯ އިން ބޭރުން އަރައި  ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުން ނެވެ.

ގަދަހިފުމުގައި ފުރަތަމަ އާބަންކޯގެ ހަސަން މާހިރު (ހަންޓޭ) ވަނީ ބޭރުން އެރި އެމްޕީއެލްގެ އަސްލަމް ވަހީދު، ވަގުތު ހަމަވަންދެން އެތެރޭގައި ހިފަހައްޓާލައިފަ އެވެ. ދެވަނަ ހިފުމުގައި އެތެރޭން ކުޅުނު އެމްޕީއެލްގެ އަބްދުﷲ ނިޝާއު (އަބޯ) އަށް، ބޭރުން އެރި އާބަންކޯގެ ރިލްވާން ފަރުހަތު (އިލޫ) ހިފަހައްޓައެއް ނުލެވުނެވެ.

ހުޅުމާލޭ ބައިބަލާ ރިންގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ފެށި މި މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަ ކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ނުވަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމު ވަނީ ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާބަންކޯގެ ރިލްވާން ފަރުހަތު (އިލޫ) އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިބްރާހިމް ސަމީން (ޝަންމި)ގެ އިތުރުން، އެމްޕީއެލްގެ އަހުމަދު މުހައްމަދު (އަންމަޑޭ) އާއި އާރުއާރުސީގެ އަހުމަދު ފިރާޒް މޫސާ (ހާންޑޯ) އިތުރުން އާބަންކޯގެ ހަސަން މާހިރު (ހަންޓޭ) އެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ރޭ ބައްދަލުކުރީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި އެސްޓީއޯ އެވެ. އެމެޗު ވެސް އެއް ގޭމު އެއް ގޭމުން އެއްވަރު ނަތީއްޖާނެރުމަށް ވަނީ ގަދަހިފުމަކަށް ދާންޖެހިފައެވެ.

ފުރަތަމަ ހިފުން އެސްޓީއޯ ގެންދިޔައިރު ދެވަނަ ހިފުން ގެންދިޔައީ އާރުއާރުސީ އެވެ. ފަހު ހިފުމުގައި އެސްޓީއޯގެ ފަރަހު ޝާމް އަށް ބޭރުން ކުޅުނު އާރުއާރުސީގެ މުހައްމަދު ލުފަޝާން (ޕަފް) ނުހިފެހެއްޓި، އާރުއާރުސީ އިން ވަނީ މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެސްޓީއޯ ޓީމެވެ. އަދި މުބާރާތުގެ މިސްޓަ ބައިބަލާގެ މަގާމު ލިބުނީ އާބަންކޯ ޓީމުގެ ހަސަން މާހިރު (ހަންޓޭ) އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.