މީރާ ގެ އޮފީހުގައި މީހަކު ޚިދްމަތް ހޯދަނީ. ފޮޓޯ: މީރާ
ހަބަރު
26 Jun 2023 | 16:43
މިދިޔަ މަހު ޑޮލަރުގެ އާމްދަނީ އެންމެ ގިނައިން ލިބުނީ ޓީޖީއެސްޓީ އިން

މިދިޔަ މެއި މަހު ޑޮލަރުގެ އާމްދަނީ އެންމެ ގިނައިން ލިބުނީ ޓީޖީއެސްޓީ އިން ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޑޮލަރުގެ އާމްދަނީ އެންމެ ގިނަ ދާއިރާއަކީ ޓީޖީއެސްޓީ ގެ ދާއިރާއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 296 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބިފައިވަނީ 34 މިލިއަން ޑޮލަރެވެ. ގްރީން ޓެކްސް ގެ ގޮތުގައި 31 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

އަދި އެއަރޕޯޓު ޑިވޮލޮޕްމެންޓް ފީގެ ގޮތުގައި 30 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު ޑޮލަރުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގަ އެވެ. މި ބައިގައި ހިމެނޭ ޓޫރިޒަމް ޖީއެސްޓީއަށް މި އަހަރު 296 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދުހުރީ 234 މިލިއަން ޑޮލަރުގަ އެވެ.

މި އަހަރުގެ މިހާތަނަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި ޑޮލަރުން ލިބިފައިވަނީ 372 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ލިބިފައިވަނީ 291 މިލިއަން ޑޮލަރެވެ. އަދި ޓެކްސް ނޫން އާންދަނީގެ ގޮތުގައި ފީ ހިމެނޭހެން 66 މިލިއަން ޑޮލަރު މި އަހަރު ލިބުނުއިރު މިދިޔަ އަހަރު މި އަދަދު ހުރީ 87 މިލިއަން ޑޮލަރުގަ އެވެ.

މީރާގެ މެއި މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑޮލަރުން ލިބިފައިވަނީ 439 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދުހުރީ 378 މިލިއަން ޑޮލަރުގަ އެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 60 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބިފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ 112 މިލއަން ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.