އެސްޓީއޯގެ އެމްޑީ ޢަބްދުﷲ ސަޢީދު. ފޮޓޯ: ޓްވިޓަރ
ހަބަރު
26 Jun 2023 | 18:04
ކަނޑުދަތުރުކުރާ މީހުންނަކީ މުހިންމު ބައެއް، އެމީހުންގެ އަގު ވަޒަން ކުރަންޖެހޭ: ސަޢީދު

ކަނޑުދަތުރު ފަތުރު ކުރާ މީހުންނަކީ ވަރަށް މުހިންމު މަސައްކަތެއް ކުރާ ބައެއް ކަމަށާއި އެމީހުންގެ އަގުވަޒަން ކުރަން ޖެހޭ ކަމަށް އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖްގައެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑު ކަމުގައި ވާތީ، ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިއްމު މަގެއް ކަމަށެވެ.

ސައީދު ވިދާޅުވީ މިއަހަރުގެ ކަނޑުދަތުރުފަތުރުކުރާ މީހުންގެ  ދުވަހުގެ ޝިއާރަކީ ކަނޑުމަތީގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަންކަމަށެވެ. އެސްޓީއޯގެ އުޅަނދުތަކުގައި މިހާރުވެސް ކަނޑުމަތީގެ ރައްކާތެރިކަމުގެ އާލާތްތައް ހަރުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަނޑުމަތީގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމުގެ ޝިއާރުގެ ދަށުން އިއްޔެ ފާހަގަކުރި ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ގައުމީ ޝިޕިން ކުންފުނި، އެމްއެސްއެސްގެ ފުރަތަމަ އެމްޑީ އަދި ކުރީގެ ކެޕްޓަން ސައީދު ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކަނޑުދަތުރުކުރާ މީހުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފެށީ 2010 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ