ޙައްޖާޖީން ޙައްޖުގެ އަޅުކަމުގައި
ހަބަރު
27 Jun 2023 | 11:55
ޙައްޖުވުމަށް މިއަހަރު 2 މިލިއަން މީހުން ޖަމާވެފައިވޭ

މިއަހަރުގެ ޙައްޖު މޫސުމާއި ދިމާކޮށް 2 މިލިއަން މީހުން ޖަމާވެފައިވާކަމަށް ޢަރަބް ނިއުސް އިން ބުނެފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ހައްޖަށް މީހުން އެތެރެވާ ޢަދަދު ކޮންޓްރޯލް ކުރުމަށްފަހު މިއަހަރަކީ ޙައްޖުވުމަށް ކުރިއެކޭ އެއްގޮތައް ހުޅުވާލި ފުރަތަމަ އަހަރެވެ.

ޢަރަބް ނިއުސް އިން ބުނެފައިވަނީ ސަޢުދީ ސަރުކާރުން ލަފާ ކޮށްފައިއޮތީ 2 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖުވުމަށް ޖަމާވާނެ ކަމަށެވެ.

2 މިލިއަން މީހުން ޙައްޖުވުމަށް ޖަމާވެފައި ވާއިރު އޭގެ ތެރެއިން 1.6 މިލިއަން މީހުންނަކީ އެހެން ޤައުމު ތަކުން ދަތުރުކޮށް ޖަމާވެފައިވާ މީހުން ކަމަށް ޢަރަބް ނިއުސް އިން ބުނެފައިވެއެވެ.


ހޯމަ ދުވަހު ސަޢުދީގެ އޮފިޝަލުން ޙައްޖުގެ އެންމެ ފަހުގެ އަދާހަމަތައް ހިއްސާ ކުރަމުން ބުނެފައިވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙީ ކަންކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ.


ހެލްތް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކި މުޙައްމަދު އަލް އަބްދުލައިލި ވިދާޅުވީ 6000 އެނދާއި އެކު 32 ހޮސްޕިޓަލެއް ހައްޖުވެރިންނަށް ދިމާވެދާނެ ސިއްޙީ ޙާލަތެއްގައި އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ޙައްޖުވުމަށް ސަޢުދީ އަށް ދާ މުސްލިމުންނަށް ދޭން ޖެހޭ މެހެމާންދާރީ ފުރިހަމަ ކަމާއި އެކު ދިނުމަށް ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް އެތައް މަސައްކަތްތަކެެއް ކުރެއެވެ.
އަދި އެ ކަންކަން އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުކުރުމަށް ސަޢުދީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް