ގޯއްޗަށް ޝަރުތު ހަމަނާ އިންޑިއާ މީހާ ރައީސް ޞާލިހު އަރިހުގައި/
ހަބަރު
28 Jun 2023 | 05:15
މާލޭ މީހުންނަށް ސަރުކާރުން ހިލޭ ބަހާ ގޯއްޗަށް އިންޑިއާ މީހެއްވެސް ޝަރުތު ހަމަ!

ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ހިލޭ ބަހާ ގޯއްޗަށް އިންޑިއާގެ ރަށްވެއްސެއްވެސް ޝަރުތު ހަމަވާތީ ލިސްޓުގައި ހިމަނައިފި އެވެ. 

ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާގެ ރައީސް މިދުއަމް ސައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ މީހުންނަށް ހިލޭ ބެހި ގޯއްޗަށް ޝަރުތުހަމަވާ އިންޑިއާގެ ރަށްވެއްސަކީ ހަބީބް ރަހުމާނު މުޙައްމަދު ހަނީފު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. 

އެމީހާއަކީ މާލޭ މީހަކާއި އިނދެގެން އުޅޭ މީހެއްކަމާއި، އެމީހާގެ ނަން ގޯތި ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ތެރޭގައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މިދުއަމް ވަނީ ވިދާޅުވެފަ އެވެ. 

މާލޭ މީހުންނަށް ބަހާ ގޯސްޗަށް ހަމަވާ ލިސްޓުގައި އިންޑިއާ މީހެއް ޝަރުތު ހަމަވާކަމަށް ހިމަނާފައި

"މީ ކްލަބު ހައުސްގައި ވަރަށް އަޑުގަދަކޮށް އުޅޭ ދިވެއްސަކާއި އިނދެގެން އުޅޭ އިންޑިއާ މީހެއްކަމަށް ވަނީ. ރަށްވެހިކަން ބަދަލުކުރީ ރައީސް ޔާމިނުގެ ދައުރުގައި ކަމަށް ވަނީ. މީ ލިސްޓުގައި އޮވެގެން ވާނެވެސް މީހެއް ނޫން"

މިދުއަމް ސައުދު 

މައުލޫމާތު ލިބޭގިތުގައި ގޯތި ލިބޭކަމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމަނާފައި އޮތް އިންޑިއާ މީހާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. 

އޭނާ ރައީސް ޞާލިހާއެކު ނަގާފައިވާ ބައެއް ފޮޓޯތައް ވެސް މިހާރު ވަނީ އާންމުވެފަ އެވެ. ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ބެހި ގޯތިތައް ރައީސް ޞާލިހުގެ އަރިސް ބޭފުޅުންނާއި، ބޮޑެތި މަހުޖަނުންނަށް ދީފައިވާކަން ފާހަގަކޮށް ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. 

އެގޮތުން ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެކަނބަލުންނާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުވެސް ހިމެނެއެވެ. 

ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ލިސްޓަށް ބަލާއިރު އެއީ ވަކި ފަރާތުން އަންގައިގެން ތައްޔާރުކޮށްފައިވާ، ލިސްޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ޒައިކް
އެއީ އިންޑިއާ މީހެއް ނޫން މިހާރު.. މާލޭގެ ރައްވެއްސެއް މާލޭ މީހަކާ އިނދެގެން އުޅޭ.. ދިވެހި ރައްޔިތެއްގެެ ގޮތުގައި އޭނާ 20 އަހަރރު ހޭދަކޮށްފި.. އެހެންވީމަ އޭނާއަށްވެސް ހައްޤުވާނެ އެހެން ރައްޔިތުންނަށްވެސް ހައްޤުވާ މިންވަރު.
28 Jun 2023
ގުޅޭ ލިޔުންތައް
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.