ޑެކްލާން ރައިސް
ކުޅިވަރު
28 Jun 2023 | 06:47
އާސެނަލް އިން ރައިސް ހޯދުމަށް 105 މިލިއަން ހުށަހަޅައިފި!

ވެސްޓްހަމް ޔުނައިޓެޑްގެ މިޑްފީލްޑަރު ޑެކްލާން ރައިސް ހޯދުމަށް އާސެނަލުން ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޕައުންޑާ ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗެލްސީގެ ޔޫތު ޓީމަށް 2006 އިން 2014 ވަނަ އަހަރާއި ހަމައަށް ކުޅުނު ރައިސް ވެސްޓްހަމް އަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެޓީމުގެ ސީނިއާ ޓީމަށް ކުޅެމުން އަންނަ ރައިސް ވަނީ 2017,2018,2019 ވަނަ އަހަރު އެޓީމުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ހޯދާފައެވެ. އަދި ޖެހިގެން އައި 2020,2021,2022 އަދި 2023 ވަނަ އަހަރުގެ އެކުލަބުގެ އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް އުމުރުން 24 އަހަރުގެ މިޑްފީލްޑަރެވެ.

ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި ވެސްޓްހަމް އަށް 204 މެޗު ކުޅެދީފައިވާ ރައިސް ވަނީ އެކުލަބަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ނިމިދިޔަ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިނުނުގައި މުހިންމު ދައުރެއް އަދާކޮށްދިން ރައިސް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭގެތެރޭގައި އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ސިޓީގެ އިތުރުން ޗެލްސީ އަދި ބަޔާން މިއުނިކް ފާހަގަކޮށްލެވެއެވެ. މީގެތެރެއިން މެންޗެސްޓާ ސިޓީ އިން މިހާރުވެސް ވަނީ 90 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ވެސްޓްހަމް އަށް ހުށަހަޅާފައެވެ.

ނަމަވެސް ވެސްޓްހަމް އިން ވަނީ ސިޓީގެ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. އަދި އެކުލަބުން ރައިސް ވިއްކާލުމަށް އެއްބަސްވާނެ އެންމެ ކުޑަ އަގަކީ 100 މިލިއަން ކަނަށް ބުނެފައިވާއިރު، އާސެނަލް އިން މިހާރު ހުށަހަޅާފައިވާ އަގަކީ އެއަށްވުރެ ބޮޑު އަގެކެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވެސްޓްހަމް އިން މިހާރު އިންތިޒާރު ކުރަމުން އަންނަނީ މެންޗެސްޓާ ސިޓީ އިން އިތުރު ބިޑެއް ހުށަހަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.