ރުބެން ލޮފްޓަސް-ޗީކް
ކުޅިވަރު
28 Jun 2023 | 07:16
ރުބެން ލޮފްޓަސް-ޗީކް އޭސީ މިލާނަށް ސޮއިކޮށްފި!

ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް-ޗީކް އިޓަލީ ގެ އޭސީ މިލާނަށް ސޮއިކޮށްފި އެވެ

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 27 އަހަރުގެ މިޑްފީލްޑަރު އޭސީ މިލާން ބަދަލުވީ 20 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އެކުލަބާއި އެކު ދިގު މުއްދަތަކަށް އޭނާ ސޮއި ކުރުމަށް އެއްބަސްވެފައިވާއިރު، މިއީ މިއަހަރުގެ ޖޫން މަހު ޓްރާންސްފާ މާކެޓް ހުޅުވުނު ފަހުން ޗެލްސީ ދޫކޮށް ދިޔަ 6 ވަނަ ކުޅުންތެރިޔާ އެވެ.

އުމުރުން އެންމެ 8 އަހަރުގައި 2012 ވަނަ އަހަރު ޗެލްސީ އާއި ގުޅުނު ރުބެން ލޮފްޓަސް-ޗީކް ވަނީ އެކުލަބުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރެމިއާ ލީގުގެ ޕެލަސް އަށާއި ފާލަން އަށް ކުޅެފައެވެ. އަދި އޭނާ ވަނީ ޗެލްސީގައި ކުޅުނު 155 މެޗުގައި 13 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން ރުބެން ލޮފްޓަސް-ޗީކް ވަނީ ޗެލްސީގައި ޕްރެމިއާ ލީގާއި، އެފްއޭ ކަޕް އަދި ލީގު ކަޕްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.