ރާއްޖެއާއި ލުބުނާން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
28 Jun 2023 | 18:54
ވާދަވެރި ކުޅުމަކަށްފަހު ލުބުނާން އަތުން ހަނިގޮތަކަށް ދިވެހި ޓީމު ބަލިވެއްޖެ!

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހަވީރު ލުބުނާން އާއި ދިވެހިރާއްޖެ ވާދަކުރި މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލުބުނާން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ލުބުނާނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ނެވެ. މިމެޗުގައި ލުބުނާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މާތޫކްއެވެ. މިއީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބޫޓާން އަތުން މޮޅުވި ނަމަވެސް އެމެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ދިވެހިޓީމު ބަލިވިއިރު މިއީ ފާއިތުވެދިޔަ 20 އަހަރުތެރޭގައި ސާފްޗެމްޕިއަންޝިޕް ބަންގްލަދޭޝަ އަތުން ދިވެހިޓީމު ބަލިވި ފުރަތަަމަ މެޗެވެ.

ނަމަވެސް ގުރޫޕްގެ ފަހު މެޗުގައި މިއަދު ލުބުނާން އާއި ދެކޮޅަށް ދިވެހި ޓީމު ނުކުތީ ތަފާތު ރޫހެއްގައެވެ. ކުރީ ދެ މެޗާއި ޚިލާފަށް މި މެޗުގައި ދިވެހި ޓީމުގެ ފަރާތުން ރޭވުންތެރިކަމާއެކު ރަގަޅު ގޭމެއް ކުޅުނުތަން ފެނިގެންދިޔައެވެ. މެޗުން ބަލިވިނަމަވެސް މިއަދު ދިވެހި ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންދިޔަ މަސައްކަތުގެ ރޭޓާއި ދަނޑުމަތީގައި ދެއްކި ހުނަރުވެރި ކުޅުމާއި މެދު ހަމަ ކޮންމެ ދިވެއްސަކުވެސް އުފާކުރާނެއެވެ. 

މިއަދުގެ މެޗުން ބަލިވުމުން މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެގެން ތިން ޕޮއިންޓް ރާއްޖެއަށް ލިބިފައިވާ އިރު ރާއްޖެ ސެމީއަށް ދިއުމުގެ ފުރުސަތު އޮތީ މިރޭ ބަންގްލަދޭޝްއާ ބޫޓާން ކުޅޭ މެޗުން 3-0 ގެ ތަފާތަކުން ބޫޓާން މޮޅުވެގެންނެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ބޫޓާންއާ ދެކޮޅަށް މިރޭ ނިކުންނަ ބަންގްލަދޭޝްއިން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

މިއަދުގެ މޮޅާއެކު ލުބުނާނު ގްރޫޕް ސްޓޭޖް ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ސެމީގައި އެޓީމުން ވާދަކުރަންޖެހެނީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލްގެ ޖާގައެއް ހޯދި އިންޑިއާ އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.