ރާއްޖޭގެ ފުޓްބޯޅަ ފެޑަރޭޝަނުންގެ އިސްވެރިން
ކުޅިވަރު
28 Jun 2023 | 20:37
ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ފުރަތަަމަ ފަހަރަށް ދިވެހިރާއްޖެ ކަޓައިފި!

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގައެއް ނުލިބި މުބާރަތުގެ ގްރޫޕް ސްޓޭޖުން ދިވެހި ރާއްޖެ ކަޓައިފި އެވެ.

1997 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ވާދަކުރަން ފެށިފަހުން އެންމެ ފަހުން ބޭއްވުނު 11 މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ފައިނަލުގައި ދިވެހިޓީމު ކުޅުނު އިރު،2008 އަދި 2018 ވަނަ އަހަރު ދިވެހިޓީމު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 1999 އަދި 2021 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ދިވެހިޓީމު ހޯދިއިރު އަނެއް ހަތަރު މުބާރާތުގެ ސެމީގައި ދިވެހިޓީމު ކުޅެފައި ވެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްއަކީ މުޅިން އަލަށް ސަރަހައްދުން ބޭރުގެ ދެޓީމަށް ދައުވަތުދީގެން ބޭއްވުނު ފުރަތަމަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކުވައިތުގެ އިތުރުން ލުބުނާން ވާދަކުރަމުންދާއިރު، ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުވައިތުން ނެވެ. ދެވަނަ އިންޑިޔާ ހޯދިއިރު، އެގްރޫޕުގެ ތިންވަނަ ލިބުނީ ނޭޕާލަށެވެ. އަދި ގުރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ގްރޫޕްގެ ފުލަށް ދިޔައީ ޕާކިސްތާނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ލުބުނާން އެވެ. ދެވަނަ ބަންގްލަދޭޝަ އިން ހޯދިއިރު، އެޓީމުވަނި މިގުރޫޕްގައި ރާއްޖޭގެ އިތުރުން ބޫޓާން ވެސް ބަލިކޮށްފައެވެ. މި ގުރޫޕްގެ ތިންވަނަ ރާއްޖެއަށް ލިބުނު އިރު ދިވެހި ޓީމަށް މޮޅެއް ހޯދުނީ ބޫޓާން އަތުން އެކަންޏެވެ. ގުރޫޕްގެ ފުރަތަަމަ ދެމެޗުގައި ވަރަށް އާދައިގެ ކުޅުމެއް ދިވެހިޓީމުގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް ފަހު މެޗުގައި ލުބުނާން އާއި ދެކޮޅަށް ދިވެހި ޓީމުންވަނީ ވާދަވެރި ކުޅުމެއް ދައްކައިދީފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ ވާދަކުރަންޖެހެނީ ގްރޫޕް ބީގެ އެއްވަނަ ލުބުނާން އާއި ދެކޮޅަށެވެ. އަދި ބަންގްލަދޭޝް ވާދަކުރަންޖެހެނީ ގްރޫޕް އޭގެ އެއްވަނަ ކުވައިތާއި ދެކޮޅަށެވެ.

ކޮމެންޓް
ހުވަދޫ ކައުންސިލަރު
ރާއްޖޭގެ ފުޓުބޯޅައިގަ ލިބޭ ނާކާމިޔާބީ އަކީ ތި ފެޑަރޭޝަން ގައި އުޅޭ ޗޯރުން ގެ ދަންނަ ނުދަންނަ ކަމުގެ ސަބަބުން ލިބޭ ގެއްލުން. މިވީހައިތަނަށް ފެޑެރޭޝަންގަ ތިބެނީ ހަމަރޯނުއެދުރުން.
28 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.