މިއަދުގެ އާއިލީ ހަވީރުގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ހަބަރު
28 Jun 2023 | 23:20
އުޟުހިޔާ ކަތިލުމާއި، އުފާވެރި ޢާއިލީ ހަވީރަކާއިއެކު ދަނގެތީ 'ޢީދު އުފާ'ގެ ހަރަކާތްތައް ފެށިއްޖެ!

ބަރަކާތްތެރި އަޟުހާ ޢީދުގެ މަތިވެރިވެގެންވާ އަޅުކަމެއް ކަމުގައިވާ އުޟުހިޔާ ކަތިލުމާއި އެކު، އދ. ދަނގެތީ ޖަމިއްޔަތުލް ޤަލަމްގެ ޢީދު އުފާ ހަރަކާތްތައް ފެށިއްޖެއެވެ. 

މިއަދު ހެނދުނު ދަނގެތީ އޯޕަން ސްޓޭޖް ސަރަހައްދުގައި،  ކުރިއަށް ދިޔަ މި ހަރަކާތުގައި، ފަސް ބަކަރި ވަނީ އުޟުހިޔާގެ ގޮތުގައި ކަތިލާފައެވެ. މިހަރަކާތް ބަލާލުމަށް ދަނގެތީގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. 

އުޟުހިޔާ ކަތިލުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ ކުރިން އަހަރު ތަކުގައިވެސް، ދަނގެތީ ގައި ތިބި ޢާއިލާ ތަކުގެ ތެރެއިން އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހި ކޮށްދިނުމުގެ ގޮތުން އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އުޟުހިޔާގެ ގޮތުގައި ކަތިލާ ބަކަރީގެ އަގު ދެއްކުމުން އެއްވެސް ފީ އަކާއި ނުލައި، އެ އުޟުހިޔާ ގެނެސްދީ، އެ ބަލަހައްޓައި، ކަތިލައި އަދި އޭގެ ބެހެނިވެރިންނަށް އެ ބެހުމުގެ ކަންތައް ޖަމިއްޔަތުލް ގަލަމުން ވަނީ ކޮށްދީފައެވެ. 

އުޟުހިޔާ ކަތިލުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އުޟުހިޔާ ކަތިލުމުގެ ހަރަކާތަށްފަހު، މިއަދު ހަވީރު އެ ރަށުގައި ވަނީ ޢާއިލީ ހަވީރެއް ބާއްވާފައެވެ. މި އާއިލީ ހަވީރަށް އައި ހުރިހާ ކުދިންނަށްވެސް ވަނީ ހަދިޔާ ދީފައެވެ. 

ޢާއިލީ ހަވީރުގެ ތެރެއިން ކުރިއަށް ދިޔަ ކުޅިވަރު ހަރަކާތެއްގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މި ހަވީރުގައި އެކި ގްރޭޑްތަކުގެ ކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާއިރު, ކޮންމެ ގްރޭޑަކުންވެސް 1 ވަނަ ޓީމުގެ ހުރިހާ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ކުޅޭ ތަކެތި ވަނީ ދީފައެވެ. 

ކުޅިވަރު ހަރަކާތުން އެއްވަނަ ޓީމުގެ ކުދިންނަށް ހަދިޔާ ދެނީ-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

ކްލާސްތަކުގެ މެދުގައި ކުރިއަށް ދިޔަ ކުޅިވަރު ތަކުގެ އިތުރުން މިއަދުގެ އާއިލީ ހަވީރުގެ ތެރެއިން އެކި ގްރޭޑް ތަކުގެ ދަރިވަރުންގެ ފަރާތުން ސްޓޭޖް އައިޓަމްތައްވެސް ވަނީ ހުށަހަޅައިދީފައެވެ.

ސްޓޭޖް ހަރަކާތުގެ ތެރެއިން-- ފޮޓޯ/ޖަމިއްޔަތުލް ޤަލަމް 

އެގޮތުން، މަދަހަ ކިޔުމާއި، ސްޓޭޖް ޑްރާމާ ފަދަ، ކުދިންގެ ހުނަރު ދައްކާލުމުގެ ހަރަކާތްތައް ސްޓޭޖްމަތިން ވަނީ ފެނިގެން ގޮސްފައެވެ. 

ސްޓޭޖް ހަރަކާތުގެ ތެރެއިން-- ފޮޓޯ/ޖަމިއްޔަތުލް ޤަލަމް 

ސްޓޭޖް ހަރަކާތްތަކާއި، ކުޅިވަރުތަކާއިއެކު، އާއިލީ ހަވީރުގައި ގިނަ ސްޓޯލްތަކުގައިވެސް ކުދިންނަށް ޚާއްސަ ތަފާތު އެކި ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސްޓޯލް ތަކުގެ ކުޅިވަރު ތަކުގައި ބައިވެރިވެ، ފަސް ސްޓޯލް ގެ ކުޅިވަރުތައް ނިންމި ކުދިންނަށް އިނާމެއްގެ ގޮތުން ހަދިޔާ ވަނީ ދީފައެވެ. 

ސްޓޯލް ކުޅިވަރެއްގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

ސްޓޯލް ކުޅިވަރެއްގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

ކުޅިވަރު އައިޓަމް ތަކުން ލިބުނު ހަދިޔާގެ އިތުރުން، ޢާއިލީ ހަވީރަށް ޒިޔާރަތްކުރި ކުދިންނާއި މީހުންގެ ތެރެއިން ގުރުއަތުން ނެގޭ ފަރާތްތަކަށް ބޮޑެތި އަގުހުރި އިނާމްތަކެއް މިއަދު ވަނީ ދީފައެވެ. 

ޢާއިލީ ހަވީރުގެ ތެރެއިން ދޫކޮށްލާ ބައެއް އިނާމް-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

އެގޮތުން އެ ހަވީރަށް ދިޔަ ކުޑަކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ކުއްްޖާއަށް ބައިސްކަލެއް ލިބިފައިވާއިރު، ބޮޑެތި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ކައްކާ ތެލި ސެޓެއް ވަނީ ދީފައެވެ. 

ބައިސްކަލް ލިބުނު ކުއްޖާ ބައިސްކަލާއި އެކު ފޮޓޯ އަކަށް ހުއްޓިގެން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

މީގެ އިތުރުންވެސް ސްޓެލްކޯގެ ފަރާތުން ވަނީ އެ ހަވީރަށް ދިޔަ ކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ކުދިންނަށް ފައިސާގެ އިނާމް ދީފައެވެ. 

ސްޓެލްކޯއިން ދޭ ފައިސާގެ އިނާމް ލިބުނު ކުއްޖަކަށް ހަދިޔާ ދެނީ-- ފޮޓޯ/ ޖަމިއްޔާތުލް ގަލަމް

ޢާއިލީ ހަވީރަށްފަހު މިރޭ ބޮޑުމަސް ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މީގެ އިތުރުން މާދަމާ، މަސް ރޭހާއި، ޢާއިލީ ހަވީރުގެ ދެވަނަ ބައި، އިސްރަށްވެހިންގެ ހަވީރާއިއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޖަމިއްޔަތުލް ގަލަމުން މައުލޫމާތު ދެއެވެ. އަދި މާދަން ރޭ، ކަނބަލުންނަށް ޚާއްސަ ކެއްކުމުގެ މުބާރާތް، ރަނިރަހަގެ ފުރަތަަމަ ރައުންޑާއި، މަސްރޭހުން ވަނަވަނައަށް އައި ފަރާތްތަކަށް ފައިސާގެ އިނާމް ދިނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. ހަމަ އެހެންމެ، އޭގެ އަނެއް ދުވަހުގެ ރޭ ވާދެމުގެ މުބާރާތެއް ބާއްވާއިރު، އީދު އުފާ ހަރަކާތްތައް ނިންމާލާ ރޭގައި ރައްޔިތުންގެ ބާބަކިޔު އަކާއިއެކު، ރަނިރަހަގެ ފައިނަލް ރައުންޑް ބާއްވާނެ ކަމަށް ޖަމިއްޔަތުލް ޤަލަމުން މައުލޫމާތު ދެއެވެ. 

ދީނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ޢީދު ފާހަގަކޮށް އެންމެން އެ އުފަލުގައި ބައިވެރިކުރުވުމުގެ މަގުސަދުގައި ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން އެ ރަށު، މަސައްކަތްތެރިންގެ ޖަމިއްޔާއާއި، ޖަމިއްޔަތުލް އަންވާރާއި، ސްޓެލްކޯ އާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ދަނގެތީ ޔޫތު ސެންޓަރާއި ފުލުހުންނާއި ގުޅިގެން މި ޢީދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. އަދި މެޖޯ ސްޕޮންސަރުންގެ ތެރޭގައި، ކޮންޕަސް ބީޗް އެންޑް ބިސްޓްރޯ ކެފޭ އާއި، އެޓޯލް ރެސިޑެންސް ގެސްޓް ހައުސް އާއި، އެންދެރި އެކްސްޕްރެސް، މާހިޔާ، ދިރާގު، ސްޓެލްކޯ, އާސްމާން ޕޮއިންޓް އަދި ޖަމިއްޔަތުއް ސަލަފް ހިމެނެއެވެ.

މިއަދުގެ އާއިލީ ހަވީރުގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް 

މީގެ އިތުރުން ގިނަ ކޯ ސްޕޮންސަރުންގެ އެހީއާއި އެކު ކުރިއަށް ގެންދާ މިފަހަރުގެ ޢީދު ހަރަކާތްތަކުގައި މޫސާ ޝިފާއު އާއި ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް ވަނީ ބައިވެރިވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ