އިޓާލިއަން ލީގުގައި 88 ނަންބަރު ޖޯޒީ ބޭނުންކުރި ބައެއް ކުޅުންތެރިން
ކުޅިވަރު
29 Jun 2023 | 06:21
ޔަހޫދީންގެ ހިތަށް ތަދުވާތީ އިޓަލީގައި 88 ނަންބަރު ޖޯޒީ ބޭނުންކުރުން މަނާކޮށްފި!

އިޓަލީގެ އިންޓީރިއާ މިނިސްޓަރު މަޓިއޯ ޕިއަންޓެޑޯސީ އާއި ކުޅިވަރާ ބެހޭ ވަޒީރު އަންދްރެއާ އަބޮޑީ ވަނީ މިދިޔަ އަންގާރަ ދުވަހު އިޓާލިއަން ފުޓްބޯޅައިގައި ޔަހޫދީންނާއި ދެކޮޅު ވިސްނުން ތައް ހުއްޓާލުމަށް އެއްބަސްވުމެއް އެކުލަވާލައިފައެވެ.

ސެމިޓިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ނެޝަނަލް ކޯޑިނޭޓަރު ޖިއުސެއްޕެ ޕެކޮރާރޯ އާއި އެފްއައިޖީސީގެ ރައީސް ގެބްރިއެލް ގްރެވިނާއާ އެކު 13 އުސޫލެއް ގާއިމުކޮށްފައިވާއިރު އޭގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް 88 ނަންބަރު ބޭނުންކުރުން މަނާކުރުން ހިމެނެ އެވެ.

ސަބަބަކީ އެމީހުން ގަބޫލުކުރާގޮތުގައި، 88 ނަންބަރު ބޭނުންކުރަނީ އެޑޮލްފް ހިޓްލަރަށް ނިސްބަތްކޮށެވެ. އަދި އެއީ ޔަހޫދީންނާއި ދެކޮޅު ވިސްނުމެކެވެ. މި ދެ އަށަކީ އެމީހުންގެ ޑިކްޝަނަރީގައި އެޗް އަކުރުގެ ދަރަޖައާ ގުޅުވައިގެން ބޭނުންކުރާ ދެ ނަމްބަރެވެ. އެހެންކަމުން 88 އަކީ "ހެއިލް ހިޓްލަރ" މި ލަފުޒުގެ އިނީޝިއަލްތައް ކަމުގައިވާ އެޗްއެޗް އެވެ. މީގެ އިތުރުން މިނިސްޓަރު ޕިއަންޓެޑޯސީ ވަނީ "ނާޒިޒަމްގެ މަތިން ހަނދާންކޮށްދޭނެ ނިޝާންތަށް ސަޕޯޓަރުން ބޭނުންކުރުމަކީ ވެސް މަނާކަމެއް" ކަން ހާމަކުރައްވާފައެވެ.

އެހެންކަމުން ސެރިއޭގައި މިހާރުވެސް 88 ނަންބަރު ބޭނުންކުރަމުންދާ މާރިއޯ ޕަސަލިޗް އާއި ޓޮމަސް ރިންކޮން ފަދަ ކުޅުންތެރިންނަށް ކުރިއަށް އޮތް ސީޒަނުގައި ޖެހޭނީ އެނޫން އެހެން ނަންބަރެއް ބޭނުންކުރާށެވެ.

އިޓަލީގައި މީގެ ކުރިން ވެސް ޔަހޫދީންގެ ދިފާއުގައި ގިނަ ހަރަކާތްތަކެއް ހިނގާފައިވާއިރު ލާޒިއޯ އާއި ވެރޯނާ ފަދަ ކުލަބުތަކުން ވަނީ މި ހަރަކާތްތަކުގައި އިސްދައުރެއް އަދާކޮށްފައެވެ.

ނަމަވެސް އިޓަލީގެ ލީގަކީ ނަސްލީ ތަފާތުކުރުންތައް ޔޫރަޕްގައި އެންމެ ބޮޑު އެއް ލީގެވެ. ހާއްސަކޮށް އެގައުމުގައި ކުޅޭ ކަޅު ނަސްލުގެ ކުޅުންތެރިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ ޔޫރަޕުގެ އެހެން ގައުމުތަކެކޭ އެއްފަދައިން އިޓަލީ ގައިވެސް ވަރަށް އާދައިގެ ކަމެކެވެ. އެގޮތުން އިޓަލީގެ ގައުމީ ޓީމުގައި ހިމެނުނު ކަޅު ނަސްލުގެ ކުޅުންތެރިއެއް ކަމަށްވާ މާރިއޯ ބަލޮޓެލީ ގައުމީ ޓީމަށް ކުޅުނުއިރު ވެސް އެގައުމުގެ ސަޕޯޓަރުންގެ ފަރާތުން އެކި ފަހަރުމަތިން ނަސްލީ ގޮތުން ފުރައްސާރަކޮށްއުޅުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.