އީސީގެ ނައިބު ރައީސް ހަބީބު/ ފޮޓޯ: އީސީ
ހަބަރު
01 Jul 2023 | 14:17
ވޯޓާސް ލިސްޓު ގަޑުބަޑު ކުރުމުގެ ފުރުސަތެއް ނެތް: ހަބީބު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގައިވާ މީހުންގެ ލިސްޓަކީ ގެޒެޓުގައި ޝާއިއުކޮށް އެންމެންނަށް ފެންނާނެހެން އޮންނާނެ ލިސްޓެއް ކަމަށާއި، ލިސްޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ. 

ހަބީބު މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު (ވޯޓާސް ލިސްޓު) ގަޑުބަޑުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފަހިވާގޮތަށް ލިސްޓު އެކުލަވާލާނެކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ޓްވީޓާގައި ފާޅުކުރަމުންދާ ޚިޔާލުތަކަށް ރައްދެދެއްވަމުން ނެވެ. 

އެގޮތުން ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއް ނޫން ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވަރަށް ސާފުކޮށް ލިސްޓް ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓް ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާއާ ގުޅިގެން އަންނަ ބަދަލު ވެސް އިލެކްޝަންސް ކޮމިޝަނުން ގެޒެޓް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެކޮމިޝަންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ހަބީބު ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ އިންތިހާބުގައި ވޯޓުލާ ދުވަހު ބޭނުންކުރާނީ ގެޒެޓުކޮށް އަދި ކެންޑިޑޭޓުން ސޮއިކޮށް ފައިނަލް ކޮށްފައިވާ ލިސްޓު ކަމަށެވެ.

އެ ނޫން އެހެން ލިސްޓެއް ބޭނުން ނުކުރާނެ ކަމަށާއި، ލިސްޓު ގަޑުބަޑު ކުރުމުގެ ފުރުސަތުވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"ވޯޓުލާ ދުވަހު މިހާރު ގެޒެޓު ކޮށް ޢާންމުކޮށް ކެންޑިޑޭޓުން ސޮއިކޮށް ފައިނަލަށް ކުރެވޭ ލިސްޓު ނޫން ލިސްޓެއް ނޯންނާނެ. ކެރިގެން ޔަޤީންކަމާއެކީގައި މިދަންނަވަނީ ތިޔަހީފުޅު ކުރައްވާ ޒާތުގެ ކަމެއް ހިނގާކަށް އެއްވެސް ފުރުސަތެއް ނެތް"

އީސީގެ ނައިބު ރައީސް ހަބީބު 

ރިޔަސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރާކަމަށް ބުނެފައެވެ. 

އިލެކްޝަން ކޮމިޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، މިހާރު ހާލަތު އޮތް ގޮތުން މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވިދާނެ ކަމާއި މެދު ވެސް ޔަގީންކަމެއް ނެތްކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އީސީން ބުނަމުންދަނީ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ކޮމިޝަނުން ކުރަމުން ގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.