ސެސް ފެބްރިގާސް
ކުޅިވަރު
02 Jul 2023 | 06:25
އިޓަލީގެ ދެވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ ކޯމޯގެ ކޯޗުކަމާއި ފެބްރިގާސް ހަވާލުވެއްޖެ!

ސްޕެއިންގެ ތަޖުރިބާކާރު މިޑްފިލްޑަރު ސެސް ފެބްރިގާސް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވާއިރު، ކުރިއަށް އޮތް ސީޒަނުގައި އިޓާލިއަން ލީގުގެ ދެވަނަ ޑިވިޝަނުގެ ކުލަބެއްކަމަށްވާ ކޯމޯގެ ކޯޗުކަމާއި ހަވާލުވެފައިވަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފަބްރިގާސްގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ އާސެނަލް، ބާސެލޯނާ، ޗެލްސީ، މޮނާކޯގެ އިތުރުން ކޯމޯ އަށް ޖުމްލަ 738 މެޗު ކުޅެދީފައެވެ. އަދި އޭގެ ކާމިޔާބު ކެރިއަރުގައި ކުލަބާއި ގައުމީ ޓީމު ހިމެނޭ ގޮތަށް 15 ތަށި ކާމިޔާބުކޮށްފައިވާއިރު، އޭގެތެރޭގައި ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ސްޕެއިންގެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްދީފައިވެއެވެ.

2003 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާސެނަލްއަށް ސީނިއަރ ޓީމަށް ކުޅެންފެށި ފެބްރިގާސް ވެގެން ދިޔައީ އުމުރުން 16 އަހަރާއި 177 ދުވަހުގައި އާސެނަލްގެ ފުރަތަމަ އެގާރައިގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި އާސެނަލްގައި ހޭދަކުރި 8 އަހަރު ތެރޭގައި  އޭނާ ވަނީ އެކުލަބަށް 303 މެޗު ކުޅެދީ، އެޓީމާއި އެކު އެފްއޭ ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދި ޓީމުގައި ހިމެނިފައެވެ.

2011 ވަނަ އަހަރު އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމަށްފަހު، އޭނާ ވަނީ އެކުލަބާއި އެކު ލަލީގާގެ އިތުރުން ކޮޕާ ޑެލްރޭ ޗެންޕިއަންކަން ހޯދާފައެވެ. އަދި 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވުމަށްފަހު އެކުލަބުގައި ހޭދަކުރި ފަސް އަހަރުތެރޭގައި އޭނާ ވަނީ ޕްރެމިއާ ލީގު ޗެމްޕިއަންކަން ދެފަހަރު އަދި އެފްއޭ ކަޕާއި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ  ގައުމީ ޓީމަށް 110 މެޗު ކުޅެދީފައިވާ ފެބްރިގާސް ވަނީ ގައުމީ ޓީމާއެކު ޔޫރޯ 2008 އަދި 2012 ގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވޯލްޑް ކަޕް ފައިނަލުގައި އިނިއެސްޓާ ކާމިޔާބުކުރި ލަނޑުޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ފެބްރިގާސް އެވެ.

މިހާރު ފެބްރިގާސް މަސައްކަތް ކުރަމުން އަންނަނީ ކޯމޯގެ ޔޫތު ޓީމާއި އެކުގައެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ކޯމޯގެ ސީނިއަރ ޓީމާއި ހަވާލުވެފައިވާއިރު، ދާދިފަހުން އިޓަލީގެ ދެވަނަ ޑިވިޝަންގައި އަންނަ ސީޒަނުގައި ކުޅޭ ސަމްޕްޑޯރިއާގެ ކޯޗަށް ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރޭ ޕިރްލޯ ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.