ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވި މީހާ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
02 Jul 2023 | 13:05
އަނެއްކާވެސް ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެ

އަނެއްކާވެސް ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެއެވެ.

ޙައްޖުކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުވުމަށް ގޮސް މައްކާގައި ހުއްޓައި ނިޔާވެފައިވަނީ ނ. ހޮޅުދޫ އުމުރުން 70 އަހަރުގެ ޤާސިމް އިބްރާހިމް އެވެ. އޭނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށް ޙައްޖުކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

މިއީ މިއަހަރު ނިޔާވި ތިންވަނަ ދިވެހި ޙައްޖާޖީއެވެ.

އެގޮތުން ފުރަތަމަ ނިޔާވި ޙާޖީ ނިޔަވެފައި އޮއްވައި ފެނިފައިވަނީ ނޫރު ފަރުބަދަ ކައިރިންނެވެ. އެއީ އޭނާ ގެއްލިގެން ހޯދަމުންދާތާ 4ވަނަ އަށްވީ ދުވެހެވެ. ނޫރު ފަރުބަދަ ކައިރިން ނިޔާވެފައި އޮއްވައި ފެނުނީ އަލް ޙަރަމައިން ޙައްޖު ވަލް ޢުމްރާގެ ހަވާލުގައި ޙައްޖަށް ދިޔަ ރ މާކުރަތު  މުޙައްމަދު ނަސީމެވެ. އޭނާ ގެއްލުނީ މިނާގެ ދަތުރުގައި ހައްޖު މަހުގެ އަށް ވަނަ ދުވަހުގެ ރޭއެވެ.

ދެވަނަ މީހަކީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72) އެވެ. އަލީ ހަސަން އަކީވެސް ޙައްޖުކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ މީހެކެވެ. އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މިއަހަރު ރާއްޖެއިންް 1140 ޙައްޖާޖީއަކު ވަނީ ޙައްޖުވުމަށް ސަޢުދީއަށް ގޮސްފައެވެ. އެއީ އަމިއްލަ 3 ޖަމާޢަތަކާއި ޙައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ. މިއަހަރު ދިވެހި ޙައްޖާޖީންގެ ކަންކަން ބަލަހައްޓަވަން އަމީރުލް ޙައްޖެއްގެ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް