މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--
ހަބަރު
02 Jul 2023 | 18:16
އަޅުގަނޑު، ޑިމޮކްރެޓްސް އުފައްދާ ޖަލްސާއަށް ދާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. 

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ ދީފައެވެ.

މި ޖަލްސާއަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޕާޓީގެ އުސޫލުތައް އެކުލަވައިލާ ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ. އެޖަލްސާއަށް ފަހުގައި ޕާޓީ ރަޖިސްޓަރީކުރެވި ރަސްމީ ސިފައެއްގައި ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނެއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ އެ ޖަލްސާ މި މަހު 5 ވަނަ ދުވަހުގެ ރޭ 8:30 ޣިޔާސުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު މިއަދު ކުރެއްްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ނަޝީދު، ޑިމޮކްރެޓްސް އުފައްދާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް، އެ ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުވެސް ވަނީ ދެއްވާފައެވެ. އެގޮތުން، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހުގައި، ހަސަން ލަތީފު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވަނީ ޑިމޮކްރެޓްސް އިން އެންމެ އަވަހަށް ބާއްވާ ޖަލްސާ އެއްގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިންތާ ހަފުތާއެއްހައި ދުވަސްތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި އެ ޕާޓީން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ފޯމު ޕްރޮސެސްކޮށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ދީފައި މިވަނީ، އެކަމާއި ލަސްވެގެން އެ ޕާޓީން ނުރުހުން ފާޅުކޮށް، މައްސަލަ ސްޕްރީމް ކޯޓާއި ހަމައަށް ލާފައި ވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.