ރައީސް ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Jul 2023 | 20:37
ގުޅިފަޅު މަޝްރޫއަކީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް: ރައީސް

ގުޅިފަޅުގެ ބިން ހިއްކުމުގެ މި މަޝްރޫޢަކީ، މާލޭ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅަށް ގެންނަ އިޤްތިޞާދީ ތަރަައްޤީއާއެކު މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް، އެތަނުގައި ހިނގާނެކަމަށެވެ.

އޭގެތެރެއިން އެއް މަސައްކަތަކީ މާލޭގެ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅުގައި އަލަށް ޤާއިމުކުރުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  

ރައީސް ޞާލިހު ވިދާޅުވީ އެ ދެ ބަނދަރު ތަރައްޤީކުރުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ވަރަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި އެ ހަލުވިކަމާއެކު ވިޔަފާރިއާއި ޢިމާރާތްކުރުމުގެ އިންޑަސްޓްރީއާއި ފަތުރުވެރިކަމުގެ ޞިނާޢަތާއި، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. 

"މާތް الله ގެ ވާގިފުޅާއެކު، އަޅުގަނޑުމެން މިތިބީ މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދޭން. ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ، އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމުގެ ވެސް ކަންބޮޑުވުމެއް. ރައްޔިތުންގެ ތަކުލީފަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ތަކުލީފެއް. މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އަޅުގަނޑުމެން ހިންގި ކޮންމެ މަޝްރޫޢެއް، އަދި ކުރި ކޮންމެ މަސައްކަތެއް ބިނާކޮށްފައި އޮންނާނީ އެ ތަކުލީފުތައް ކުޑަކޮށްދިނުމަށް"

ރައީސް ޞާލިހު

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެތަނުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ.

މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.  

ކޮމެންޓް
އަލީ
ކޮބާ ތުރާކުނު ނުހިމެނެނީތޯ
02 Jul 2023
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.