މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
03 Jul 2023 | 13:19
މިހާ ޚުދުމުހުތާރުކޮށް މަޖިލީސް ހިންގި ދައުރެއް ނުދެކެން: މުހައްމަދު ރަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީސް ހާ ޚުދުމުހުތާރުކޮށް މަޖިލީސް ހިންގި އެއްވެސް ދައުރެއް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ. 

ބިގޭ މިފަދައިން ވިދާޅުވެފައިވަނީ ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވާ ޖަލްސާ ފެށިތާ 3 މިނެޓްތެރޭ ޖަލްސާ ނިންމާލާފައިވާއިރު، މަޖިލީހަށް ހުށައެޅިފައިވާ މުހިންމު މަސައްކަތްތައް ވެސް ކުރިއަށް ނުގެންދެވި މަޖިލީސް ހުއްޓިފައިވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ބިގޭ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތްތައް އެމްޑީޕީގެ ޕީޖީން ހޯދާ، އެފަދައިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ހިންގުމުގެ ގަވައިދުތަކަށް ވެސް އިސްލާހުތަކެއް ހުށައަޅާ، ކޮމެޓީތައް އެކުލަވާލުމަށް ވެސް ބާރުއަޅުއްވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

"އަޅުގަނޑަށް މަޖިލީހުގައި ހޭދަކުރެވުނު ދެތިން ދައުރެއްގައި އަޅުގަނޑަށް ވެސް މަޖިލީހުގައި މަސައްކަތް ކުރެވިއްޖެ. އެގޮތަށް ކުރެވުނު އިރު މިހާތަނަށް މިހާ ޚުދުމުހުތާރުކޮށް މަޖިލީސްގަ ޖަލްސާތައް ޤަވައިދަށް އެއްވެސް ހުރުމަތްތެރިކޮށް ހިތުމެއް ނެތި ގެންދާ މަންޒަރެއް މިހާތަނަށް އަޅުގަނޑަށް ފެނިފައެއް ނެތް"

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ އިތުރަށް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުން މަޖިލީސް މެމްބަރުންނަށް ހަވާލުކޮށްފައިވާ ޒިންމާތަކަށް ވަރަށް ބޮޑަށް ހުރަސްއަަޅުއްވަމުން ގެންދަވާ ކަމަށެވެ. 

އެހެން ނަމަވެސް، އެފަދައިން ޚުދުމުހުތާރު ކަމާއެކު މަޖިލީސް ހިންގެވުމަށް ފުރުސަތު ދީގެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕު ބަލަން ނުތިއްބަވާނެ ކަމަށާއި، މަޖިލީސް ހިންގުން ކުރިއަށް ގެންދިއުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް، ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ފުރޮޅައިގެން ނަމަވެސް މަޖިލީސް ހިންގުމުގެ މަސައްކަތް ކުރައްވާނެކަމަށް ބިގޭ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.