ސަންދްރޯ ޓޮނާލީ
ކުޅިވަރު
03 Jul 2023 | 23:20
ސަންދްރޯ ޓޮނާލީ ނިއުކާސަލް އާއިއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި!

އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ ޒުވާން މިޑްފީލްޑަރު ސަންދްރޯ ޓޮނާލީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓޮނާލީ ނިއުކާސަލް ޔުނައިޓެޑާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. އުމުރުން 23 އަހަރުގެ ޓޮނާލީ އަކީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް އިން ގެނައި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރިޕޯރޓްތައް ބުނާގޮތުން ޓޮނާލީ ނިއުކާސަލް ޔުނައިޓެޑް ބަދަލުވެފައި ވަނީ އިޓަލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 55 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ.

2021 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާއި ގުޅުނު ޓޮނާލީ ވަނީ އެޓީމާއެކު ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެޓީމަށް ކުޅެދިން 130 މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މިދިޔަ ސީޒަންގައި އޭސީ މިލާން ޗެމްޕިއަންސް ލީގު ސެމީފައިނަލަށް ގެންގޮސްދިނުމުގައި ވެސް ޓޮނާލީ ވަނީ  މުހިއްމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން މިހާރު ޖޯޖިޔާގައި ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިޓަލީގެ 21 އަހަރުން ދަށުގެ ޓީމުގައި ވެސް ޓޮނާލީ އަކީ މުހިންމު ކުޅުންތެރިއެކެވެ.

ނިއުކާސަލްއަށް ސޮއިކުރުމަށްފަހު އިގިރޭސި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޒުވާން މިޑްފީލްޑަރު ބުނެފައިވަނީ އޭނާއަށް ކުރި އިތުބާރުގެ ބަދަލު ދަނޑުމަތިން ދޭން ބޭނުންވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.