ކުޑަކުދިންނަށް ބޭއްވި ޔޯގާ ހަރަކާތް-- ފޮޓޯ/ އައިސީސީ
ހަބަރު
04 Jul 2023 | 10:26
ޔޯގާ ދުވަސް ފާހަގަކުރުމަށް ކުޑަކުދިން ލައްވާވެސް ޔޯގާ ހެދުވިކަން ހާމަވެއްޖެ!

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ވެސް ޔޯގާ ހެދުމުގެ ހަރަކާތެއް ބާއްވާފައިވާކަން ހާމަވެއްޖެއެވެ. 

މިކަން ހާމަކޮށް، ރާއްޖޭގައި ހުންނަ، އިންޑިއަން ކަލްޗަރަލް ސެންޓަރު، އައިސީސީ އިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މި ޔޯގާ ސެޝަން ބާއްވާފައި ވަނީ ޖޫން 19، 2023 ގައި އައިސީސީގެ ސެންޓަރުގައި ކަމަށެވެ.

ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ބޭއްވި ކަންވެސް އިއުލާން ކޮށްފައި މިވަނީ އޭގެ އެތައް ދުވަހެއް ފަހުން އިއްޔެގެ ވަގުތެއްގައެވެ. 

ޔޯގާ އަކީ އިސްލާމް ދީނުގައި ހުއްދަ ނޫން، ޣައިރު ދީން ތަކުގެ އަޅުކަމެއް ކަމަށް ދީނީ ޢިލްވެރިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އެގޮތުން ފާއިތުވި އަހަރު، އެދުވަސް ފާހަގަކުރާކަން އިއުލާން ކުރުމާއި އެކު އެކަމާއި ދެކޮޅަށް ގިނަ އިލްމްވެރިންނާއި ދީނަށް ލޯބިކުރާ މީހުން އަޑު އުފުލާފައިވާއިރު، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތް، ފުލުހުންގެ ސެކިޔުރިޓީ ފަޅާލާފައި ވަދެ ވަނީ ހުއްޓުވާފައެވެ. 

އެކަމާއި ގުޅިގެން ހިނގައިދިޔަ އެ ހަމަނުޖެހުންތަކަށްފަހު، މި އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޯގާ ހަރަކާތް ބާއްވާފައިވަނީ ސިއްރިއްޔާތުގައި އިންޑިިއާ އެންބަސީ ހުންނަ ސަރަހައްދު ބަންދުކޮށްގެންނެވެ. 

އެ ހަރަކާތް ބޭއްވިކަން އަންގައި އިންޑިއާ ހައި ކޮމިޝަނުން ޓުވީޓު ކުރީ އެކަން ނިމުނު ފަހުންނެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ބައިނަލްއަގްވާނީ 9 ވަނަ ޔޯގާ ދުވަސް ފާހަގަކޮށްފައިވަނީ ސަރުކާރުގެ މަންދޫބުންތަކާއި، ޑިޕްލޮމަޓިކް ކޯޕުންނާއި ޔޯގާއަށް ޝައުގުވެރިވާ ބައިވެރިންނާއި އެކުގައި ކަމަށެވެ.

އެ ދުވަސް ފާހަގަކޮށްފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު އެމްބަސީ ހުންނަ ގޯޅި ދެކޮޅުގައި ގިނަ އަދަދެއްގެ ފުލުހުން ބައިތިއްބައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.