ބޮޑާކަމާއި އެކު ޤުރުއާނަށް ފުރައްސާރަކުރި ސަލްވާން ބިރުން ހިމާޔަތަށް އެދެނީ
ބޮޑާކަމާއި އެކު ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ސްވިޑެންގެ ސްޓޮކްހަމްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާން އަންދައިލި ސަލްވާން މޮމިކާ ސްވިޑެންގެ ސަރުކާރުގެ ހިމާޔަތަށް އެދެފިއެވެ.
ސަލްވާން އަކީ ޢިރާޤުން ސްވިޑެންއަށް ހިޖުރަކޮށް ސްވިޑެންގައި ދިރިއުޅެމުންދާ ޢިރާޤުގެ ރައްޔިތެކެވެ.
ސަލްވާން ޓިކްޓޮކްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ސްވިޑެންގެ ސަރުކާރުގެ ހިމާޔަތަށް އެދޭކަމަށެވެ. އަދި އޭނާގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ސްވިޑެން ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭކަމަށްވަނީ ބުނެފައެވެ.
މިކަމާއި ބެހޭގޮތުން ޓްވީޓު ކުރި ސޯޝަލް މީޑިއާގެ މުސްލިމް އެކްޓިވިސްޓަކު ވަނީ ފިނޑިމީހަކު މިފަދަ ޢަމަލެއް ހިންގީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދި އެތައް ބިލިއަން މުސްލިމުންނެއް ރުޅިއެރުވީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ.
އަދި އެފަދަ ޢަމަލެއް ހިންގާއިރު އެކަމުން ނުކުމެދާނެ ނަތީޖާއެއް އޮވެދާނެ ކަން ދަންނަންވާނެ ކަންވަނީ ބުނެފައެވެ.
ސަލްވާންގެ މި ޢަމަލާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ދަނީ އޭނާގެ މިޢަމަލު ކުށްވެރިކުރަމުންނެވެ.
މެދު އިރުމަތީގެ ޤައުމުތަކުން ޚާއްސަކޮށް ސަލްވާން ނިސްބަތްވާ ޢިރާޤުގެ ރައްޔިތުންވަނީ ވަރަށް ބޮޑަށް މިކަން ކުށްވެރިކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists