އެމްއައިޓީ މަރުކަޒަށް ކޮލެޖެއްގެ ދަރަޖަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
05 Jul 2023 | 06:19
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖަކަށް ބަދަލުވެއްޖެ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތަމްރީނު ފޯރުކޮށްދެމުން އަންނަ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކޮނޮލޮޖީ (އެމް.އައި.ޓީ) ކޮލެޖެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި މިއަދު ރަޖިސްޓަރީކޮށްފިއެވެ.

އެ މަރުކަޒަށް ކޮލެޖެއްގެ ދަރަޖަ ދީ، މަރުކަޒުގެ ރަޖިސްޓަރީ ހަވާލުކުރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނޫރު މާލަމުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެމް.އައި.ޓީގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.

އެމް.އައި.ޓީގެ ރަޖިސްޓަރީ، އެ ކޮލެޖާ މިނިސްޓަރ ހަވާލުކޮށްދެއްވިއިރު ކޮލެޖްގެ ފަރާތުން ރަޖިސްޓަރީއާ ހަވާލުވެ ވަޑައިގަންފައިވަނީ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމެވެ.

މިކަމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވަނީ ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ފާހަގަކުރައްވާ މިފަދަ ތަމްރީނުދޭ މަރުކަޒުތައް ޕީ.ޕީ.ޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައި ކަމަށެވެ.

މިއާއިއެކު ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ވަރަށް މުހިންމު ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޕްރައިވެޓް ސެކްޓަރއިން ވޮކޭޝަނަލް ކޮލެޖެއް ގާއިމުވެގެން އައުމަކީ، މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖޭގައި ގާއިމުކުރެވުނު ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާގެ ފުރަތަމަ ޕްރައިވެޓް ކޮލެޖްކަމުގައި އެމް.އައި.ޓީ ވެގެން ދިއުމުން ޚާއްޞަ މަރުޙަބާއެއް މިނިސްޓްރީގެ ފަރާތުން ދަންނަވާފައެވެ.

އަދި މި ދާއިރާގައި އެމް.އައި.ޓީގެ ހިއްސާ އިތުރަށް ފުޅާވެ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އިތުރު ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމް.އައި.ޓީ ރާއްޖޭގެ ކޮލެޖްތަކުގެ ލިސްޓަށް އެރުމުން މިހާރު ރާއްޖޭގައި ހުރި ކޮލެޖްތަކުގެ އަދަދަކީ 11 އެވެ. އެއީ، ޕްރައިވެޓް 9 ކޮލެޖާއި ސަރުކާރުގެ 2 ކޮލެޖެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ