އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު
ހަބަރު
05 Jul 2023 | 12:35
ވޯޓުލާ މީހުން ރެޖިސްޓްރީ ވެފައި އޮންނާނީ އެ މީހެއް ނިސްބަތްވާ ދާއިރާއަށް: އީސީ

ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމީހަކު ރެޖިސްޓްރީ ވެފައިވާނީ، ރަށްވެހިވެފައިވާ ދާއިރާ އަށް ކަމަށް  އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ އެކު މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓާސް ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 551 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން ލިބުނު ޝަކުވާ ތަކުގެ ތެރޭގައި؛ 

1) ނިޔާވެފައިވާ 465 މީހުން ލިސްޓުގައި ހިމެނުން

2) އެޑްރެސް ބަދަލުވެގެން 58 ޝަކުވާ

3) ނަން ބަދަލު ވެގެން 5 ޝަކުވާ

4) ލިސްޓުގައި ނަން ނެތީގެން 20 މީހުންގެ ޝަކުވާ

5) އައިޑީކާޑް ނަންބަރު ބަދަލުވެގެން 1 ޝަކުވާ

6) ދާއިރާ ބަދަލުވެގެން 3 މީހުންގެ ޝަކުވާ

މި ޝަކުވާތައް ހުށަހެޅި ފަރާތްތަކަށް މިހާރު ޖަވާބުދެވުފައިވާނެ ކަމަށާ، އެއާއި ގުޅިގެން އައި ބަދަލުތައް އިއްޔެ ގެޒެޓު ކުރެވިފައިވާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ. 

މީގެ އިތުރުން ހަބީބު ވިދާޅުވީ، މި ޖުލައި މަހުގެ 16 ވަނަ ދުވަހު އެމީހަކު ރެޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރި-ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. 

"ރީ ރެޖިސްޓްރޭޝަން ކޮންމެ 5 އަހަރަކުން 1 އަހަރު އަޅުގަނޑުމެން ޒީރޯ އިން ފަށާނީ. އެހެންވީމާ 2018 ގައި ޒީރޯ އިން ފަށާފައި، އެ ބުރު މި ނިމުނީ 2023 އައި އިރު. ދެން 2023 ގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން އަނެއްކާވެސް ސުމަކުން ފަށާތީ، ވޯޓުލާ ކޮންމެ މީހެއްވެސް އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ތަނަކަށް ރެޖިސްޓްރީ ވެފައި މިހާރު. ރާއްޖެއިން ބޭރަކު، ރިސޯޓަކު، އެއިން އެއްވެސް ތާކު، މީހަކު ރެޖިސްޓްރީ ވެފައެއް ނޯންނާނެ މިހާރަކު. އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައި ރެޖިސްޓްރީ ވެފަ އޮންނާނީ. 

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ހަބީބު އިތުރަށް ވިދާޅުވީ، އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ޖުލައި 29 ގެ ނިޔަލަށް ކަމަށާ، ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށްވެސް ވިދާޅުވި އެވެ. 

2023 ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ، 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ނެރުނު ލިސްޓުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.