މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
05 Jul 2023 | 11:58
ރައީސް ޞާލިހު ގެންދަވަނީ ޚިޔާނާތްތެރިން ހިމާޔަތްކުރަން މަސައްކަތް ކުރަމުން: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މި ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގެންދަވަނީ ދައުލަތުގެ މާލިއްޔާއަށް ޚިޔާނާތްތެރިވާ މީހުން ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. 

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތަކުގައި ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހާއި، ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ފާހަގަކުރެވޭ ކަމަށެވެ. 

މިހާރު ފެންމަތިވެފައިވާ އާރުޑީސީގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ވެސް ދައުލަތުގެ މާލިއްޔާއަށް ޚިޔާނާތްތެރިވާ ފަރާތްތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ހާމަވެގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ކަންކަން ފެނިގެން ދިއުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވަމުން އަންނަ ފަރާތެކެވެ. 

"ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތަކުގައި އެމްޕީއެސް، ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލަން ރައީސް ޞާލިހުގެ މި ދައުރުގައި ވަރަށް ފާހަގަވޭ. މިހާރު ފެންމަތިވެފައިވާ އާރުޑީސީގެ ޚިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ އާންމު ކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތިކަމެއް"

މަޖިލީހުގެ ރައީސް ނަޝީދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ އާރުޑީސީގެ ބޭންކް އެކައުންޓުން ކުންފުނީގެ އިސް ފަރާތްތަކަށް 13 މިލިއަން ރުފިޔާ ޖަމާކުރި ކަމުގެ މައްސަލައެއް ބަލަމުންދޭތޯ އެ އިދާރާގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

ފުލުހުން ބުނީ އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ރާއްްޖޭގެ ބައެއް މީޑިއާތަކުން ވަނީ އާރުޑީސީގެ ސިއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި މިކަމުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވެސް ހިމެނޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.