މާވަށު ދާއިރާގެ މެމްބަރު ސައީދު/ ފޮޓޯ: މަޖިލިސް
ހަބަރު
05 Jul 2023 | 12:21
ޚަރަދަށް ޒިންމާނުވެ ޓީބިލު ވިއްކަމުން ދިއުމަކީ ބޮޑު ޖަރީމާއެއް: ސައީދު

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުއަޅުވާފަ ސަރުކާރުން ޓީ-ބިލު ވިއްކަމުން ދިއުމަކީ ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު ވިއްކާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 948 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 230 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 183 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 1.76 ބިލިއަން ރުފިޔާގެ ޓީބިލެކެވެ. ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 73.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.  

އެކަމަށް އަލިއަޅުވާލައްވާ ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުލަތުން ޚަރަދަށް ޒިންމާ ނުވަނީ މިހާ ގިނަ އަދަދެއްގެ ޓީ ބިލު ވިއްކުމަށް ކަމަށެވެ. ރަހުނު ކުރަމުން ކުރަމުން ގޮސް މިހާރު "ނިކަމެތި ރައްޔިތުންގެ ޖީބުތައް" ވެސް ރަހުނު ކޮށްފައިވާކަމަށް ސައީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޓީ-ބިލު އިޝޫ ކުރަން ޖެހުމުން، އަބަދުވެސް އަދި ހުރިހާ ސަރުކާރަކުން ވެސް އެކަން ކުރަމުން އަންނަ ކަމަށެވެ. 

އެހެން ނަމަވެސް ޚަރަދަށް ޒިންމާ ނުވުމުގެ ޤާނޫނުގައި ތަޅުއަޅުވާ ޓީ-ބިލު އިޝޫކުރަމުން ދިއުމަކީ ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި، މިފަދައިން ޖަރީމާތައް ހިންގަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ޗެއާ އިސްވެ ހުންނަވާ އުޅުއްވަނީ ރައީސް ޞާލިހުގެ ކެމްޕޭނުގައި ކަމަށް ސައީދު ވިދާޅުވި އެވެ. 

"ރަހުނުކުރަނީ މިހާރުވެސް ނިކަމެތިވެފައިވާ ނިކަމެތިންގެ ޖީބު. ރުފިޔާއިތުރަށްފެލާފަ ކުޑަދުވަސްކޮޅެއްގެ ބޮޑުއިންޓަރެސްޓަކުން ފައިސާ އަނބުރަނީ. ޓީބިލް އިޝޫކުރަންޖެހުނީމަ ކުރުމަކީ އަބަދުވެސް ކުރާނެކަމެއް. ނަމަވެސް ޚަރަދަށްޒިއްމާވުމުގެ ޤާނޫނު ތަޅުލާފައި ސަރުކާރުން މިހިންގަނީބޮޑު ޖަރީމާއެއް"

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު

އެކަންކަން ފާހަގަކުރައްވާ ސައީދު ވަނީ މިހާ ހިސާބަށް ކަންކަން ބޮއްސުންލާފައިވާއިރު ރައްޔިތުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކުށްވެރިވެދާނެ މޯރަލް އިޝޫއެއް އޮވެދާނެތޯ ވެސް ސުވާލު ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.