އެކްސިޑެންޓްގައި އަނިޔާވި އަލީ ހަފީޒް. ފޮޓޯ: އެމްއެންޔޫ
ހަބަރު
05 Jul 2023 | 12:34
އެކްސިޑެންޓް ހިނގީ ހަފީޒުގެ ސަބަބުން ކަމަށް ސައިކަލު ދުއްވި ޒުވާނާ ބުނެފި

މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަލީ ހަފީޒު އެކްސިޑެންޓްވީ އޭނާގެ ސަބަބުން ކަމަށް ސައިކަލު ދުއްވި ޒުވާނާ ބުނެފިއެވެ.

ސައިކަލު ދުއްވި ޒުވާނާ ޝަމްޢާން ޢަބްދުއްޝުކޫރް ގެ ފަރާތުން އޭނާގެ ވަކީލު ބުނެފައިވަނީ އެ ހާދިސާ ހިނގާފައި ވަނީ ހަފީޒު ކަފިހި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށެވެ.

އަދި އެ އެކްސިޑެންޓު ހިނގީ ޝަމްޢާން ސައިކަލުގައި ދަނިކޮށް ހަފީޒު މަގު ހުރަސް ކުރުމުން، ސައިކަލު އަންނަތަން ފެނިގެން ހާސްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެ، ސައިކަލުގައި ޖެހިގެން ކަމަށް ވެސް އޭނާގެ ވަކީލު އިތުރަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ކޯޓުން ބުނެފައިވަނީ ގާނޫނީ މާއްދާތަކަށް ބަލާއިރު އެ ތުހުމަތުތަކާއި ހާދިސާ އާ ނުގުޅުވޭ ކަމަށެވެ.

ޝަމްޢާންގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމާއި ބާރު ސްޕީޑްގައި ސައިކަލު ދުއްވިކަމަށް އޭނާ އެއްބަސްވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ފާހަގަކުރިއެވެ. ޝަމްޢާންގެ ކުށުގެ ރެކޯޑު ހުރިކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ހަފީޒަށް ބޮޑެތި އަނިޔާތަކެއްވި މި އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރު ކުރި ޢުމުރުން 22 އަހަރުގެ ޝަމްޢާން އަށް ކޯޓުން 15 ދުވަސް ޖަހައިފައިވާއިރު ކޯޓުން ބުނެފައިވަނީ ޝަމްޢާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިކަމަށެވެ.

އެގޮތުންއޭނާ  ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނަށް ކަމަށް ވެސް ބުނެފައިވެއެވެ. ކޯޓުން ބުނެފައިވަނީ ޝަމްޢާން ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގިކަމާމެދު އަދި މިކަމުގެ ސަބަބުން މީހަކަށް އަނިޔާ ލިބިފައިވާކަމާމެދު އޭނާގެ ފަރާތުން އިންކާރު ނުކުރާކަމަށް ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ.

އެކްސިޑެންޓްގައި އަނިޔާވި ހަފީޒު މިހާރު ވަނީ އިތުރު ފަރުވާއަށް އިންޑިޔާގެ ކޮޗިންއަށް ގެންގޮސްފައެވެ. އޭނާގެ ޙާލު ދެރަކަމުން އޭނާ އިންޑިޔާއަށް ގެންގޮސްފައިވަނީ ކޮމާޝަލް ފްލައިޓެއްގައެވެ. އިންޑިޔާއަށް ފުރުމާއި ހަމައަށްވެސް ހަފީޒު އޮތީ އޭޑީކޭގެ އައިސީޔޫގައެވެ.

ކޮމެންޓް
ޢަދުނާނު
ތިކަމަކީ ބޮޑު ތަޙުޤީގެއް "އިތުރުގަޑި" ހޭދަކުރަންޖެހޭކަމެއްތަ؟ ކޮބައިތަ "ސީސީކެމެރާތައް؟ ............. ލައިސަންނެތި ދުއްވުމަކީ ކުށެއް!
05 Jul 2023
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.