ފުރޮޅުލީ ގޮނޑީގައި ވޯޓުލާ މަރުކަޒުގައި/ ފޮޓޯ: ދަ އެޑިޝަން
ހަބަރު
05 Jul 2023 | 17:21
ވީލް ޗެއަރގައި ވޯޓްލާންދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދޭނަން: އީސީ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފުރޮޅުލީ ގޮނޑިގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އީސީން މިފަދައިން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ރިޔާސީ އިންތިހާބަށް ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރެއްވި ކަންބޮޑުވުމާއި ގުޅިގެން ނެވެ. 

އެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ ވޯޓްލާ މަރުކަޒުތަކުގައި ހުންނަ ވޯޓިންގ ބޫތުތައް ހުންނަގޮތުން ވީލް ޗެއަރގައި އެތަނަށްދާ މީހުންނަށް ވޯޓްލުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، އެކަމުގެ ސަބަބުން އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހި، ވޯޓްގެ މިނިވަންކަން ގެއްލޭ ހިސާބަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ލުމުގައި ވެސް އެފަދަ ފަރާތްތަކަށް ބޮޑެތި ދަތިތައް ހުރިކަން އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ. 

އެ ކަންބޮޑުވުމާއި ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީޙުންގެ ތެރެއިން ވީލް ޗެއަރގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މިހާރުވެސް އީސީން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯއްދަވާދެއްވާނެކަމަށް ހަބީބު ވިދާޅުވި އެވެ. 

ފުރޮޅުލީ ގޮނޑީގައި ވޯޓުލުމަށް ދިޔަ ފަރާތަކަށް އެހީތެރިވަނީ

"ތިބޭފުޅުން (އެޗްއާރުސީއެމް) ތި ވިދާޅުވި ކަންތައްތައް ހަމަޖައްސައިދެން ވޯޓްލާ މަރުކަޒުތަކަށް މިހާރު ވާނީ އަންގަވާފައި"

އީސީގެ ނައިބު ރައީސް ހަބީބު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވީލް ޗެއަރގައި ވޯޓްލާން ދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ނިންމުމުގެ އިތުރުން، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާދެއްވާފަ އެވެ. 

އެގޮތުން ލޯފަން މީހުން ވޯޓްލާން ބޭނުންކުރާނީ ބްރެއިލް އަކުރުތޯ ނުވަތަ ވިޔަ އަކުރުތޯއާ މެދު ކޮމިޝަނުގައި މަޝްވަރާކުރަމުންދާ ކަމަށާއި، އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. 

މިއަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނާނެހެން ބާއްވާ މިނިވަން އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އީސީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.