ޔުކްރެއިން އާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
06 Jul 2023 | 02:00
21 އަހަރުން ދަށުގެ ޔޫރޯ 2023: ޔުކްރެއިން ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ސްޕެއިނުން ހޯދައިފި!

21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 5-1 ގެ ނަތީޖާއަކުން  ޔުކްރެއިން ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ސްޕެއިނުން ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔުކްރެއިން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އާޓެމް ބޮންޑަރެންކޯ އެވެ. މިއީ އެޓީމުގެ ޗެލްސީ ފޯވާޑް މިޚައިލް މޮޑްރިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސްޕެއިން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަބެލް ރުއިޒް އެވެ. އަދި ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި އޮއިހާން ސަންސެޓް ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސްޕެއިން އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެންޓޯނިއޯ ބްލެންކޯއެވެ.

މި މެޗުގައި ސްޕެއިން އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސަސޫނާގެ މިޑްފީލްޑަރު އެމާރ އޮރޯޒް އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖިއޯ ގޯމޭޒް އެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ފައިނަލްގައި ސްޕެއިން ނުކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.