އެމްއާރްއެމް ގެ ރައީސް ފާރިސް މައުމޫނާއި ޒައީމް މައުމޫން
ހަބަރު
06 Jul 2023 | 10:00
އީސީން ވަނީ މި ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލާފައި: އެމްއާރްއެމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ ދަފްތަރުގައިވާ ޢަދަދުކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވަނީ އެ ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލައި މެންބަރުން އުނިކޮށްގެން ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ. 

މިމަހު 4 ވަނަ ދުވަހު އީސީން ވަނީ މިދިޔަ މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މީހުން ތިބި އަދަދު ހާމަކޮށްފައެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2,892 މެންބަރުންނެވެ. 

އެކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީއާއި ގުޅޭގޮތުން އެކި ފަހަރުމަތިން އިލެކްޝަންސް ކޮމިޝަނުން ސައްޙަނޫން މަޢުލޫމާތު ރައްޔިތުންނަށް ދެމުން ގެންދާ ކަމަށާ އެއީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދައިން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަމުންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާވެސް ޚިލާފަށްކަން ފާހަގަކޮށް އެޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. 

މިއާއެކު އެ ބަޔާނުގައި ބުނީ، އެ ޕާޓީގެ މެންބަރުންގެ އަދަދާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުން ދަނީ ރަނގަޅު މައުލޫމާތުތަކެއް ނޫންކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށްބުނެ 4 ޖުލައި 2023 ގައި އެ ކޮމިޝަނުން ޢާއްމު ކުރި މަޢުލޫމާތު ޢާއްމުކުރިއިރު މި ޕާޓީގެ މެންބަރުންގެ ޢަދަދުން ގިނަ ޢަދަދެއްގެ މެންބަރުން އުނިކޮށް ދަފްތަރުގައިވާ ޢަދަދުކަމަށްބުނެ އިޢުލާން ކޮށްފައިވަނީ މި ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލައި އަދި މި ޕާޓީއިން މި އަހަރުގެ މެއި މަހުގައި ހުށަހެޅި 140 ފޯމް ޕްރޮސެސްވެސް ކުރުމަކާ ނުލައިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުގެ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އެމްއާރްއެމް

މިއާއެކު އެމް.އާރު.އެމް އިން ބުނީ، އެ ޕާޓީން ހުށަހަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސް ހޭދަކޮށްފައިވާއިރު، އެ މުއްދަތުގައި ޕާޓީއިން ވަކިވުމަށް އެދޭކަމަށްބުނާ މެމްބަރުން އުނިކޮށް ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އިލެކްޝަންސް ކޮމިޝަނުންކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަމުން އެނގިގެން ދަނީ އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަމަށް އެ ޕާޓީން ދެކެއެވެ.

މީގެ އިތުރުން، އެމް.އާރު.އެމް އިން ވަކިވުމަށް އެދިގެން ޕާޓީއިން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ މެންބަރުން އެފަދައިން ޕާޓީން ވަކިވުމަށް ހުށަނާޅާކަމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާއިރުވެސް އެފަރާތްތައް ދަފްތަރަށް އަލުން ހިމަނާފައި ނުވާ ކަމަށް އެފަދައިން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރުމަށްކަމަށްވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ.

"މި ޕާޓީގެ މެންބަރުން ހަމަނުވެގެން ކަމަށްބުނެ ކުއްލިގޮތަކަށް ޕާޓީ އުވާލަން ނިންމާ 24 މެއި 2023 ގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން ޕާޓީއިން ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، އަދި ޕާޓީ އުވާލުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. އަދި އެ އަމުރު މުރާޖަޢާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމުން އެ އަމުރަށް ބަދަލުގެންނާނެ ތަނެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރުވެސް، އެމް.އާރު.އެމް އިން ދަފްތަރަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ނުކޮށް ހިފަހައްޓައި ޢަމަލުކުރަމުންދިޔުމަކީ ކޯޓުގެ އަމުރާވެސް ޚިލާފުވުންކަމުގައި ދެކެމެވެ." އެމްއާރްއެމް ގެ ބަޔާނުގައި ވެއެވެ. 

އެމްއާރްއެމް އިން ބުނީ، އެފަދަ ކަންކަމުން އެނގި ހާމަވަނީ އިލެކްޝަންސް ކޮމިޝަނުގެ ނާޤާބިލުކަމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެންގުޅޭ ތަފާތުކުރުން އަދި މިނިވަން މުއައްސާސާއަކަށް ވީހިނދު މިނިވަން ކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެވުންކަން ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަން ފާހަގަ ކޮށް އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންސާފުވެރިކަމާ މިނިވަންކަމާމެދު ސުވާލު އުފައްދާފަ އެވެ.

މިއާއެކު އެ ޕާޓީން ވަނީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި ޤަވާއިދާ ޚިލާފު އެންމެހާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި ޤާނޫނުގެ އިމުގެތެރެއަށް ރުޖޫޢަވުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސާއެއްގެ ގޮތުގައި އަމަލުތައް ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ހަމަ އެހެންމެ، އިލެކްޝަން ކޮމިޝަންގެ ކަންކަން އިސްލާހުކުރުމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ