ވިއްސާރައިގައި ގެއެއްގެ ފުރާޅެއް އެއްލާލާފައި-- ފޮޓޯ/ އެންޑީއެމް
ހަބަރު
06 Jul 2023 | 13:36
މިހާރު ކުރަމުންދާ ވިއްސާރައިގައި 11 ރަށަކުން ގެއްލުންތައް ރިޕޯޓުކޮށްފައިވޭ

މިހާރު ކުރަމުންދާ ވިއްސާރައިގައި 11 ރަށަކުން ގެއްލުންތައް ރިޕޯޓު ކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓުން ބުނެފިއެވެ.

އެންޑީއެމްގެ އަދާހަމަތައް ބުނާ ގޮތުން ރާއްޖެގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހދ ކުޅުދުއްފުށީ އެއަރޕޯޓު ސަރަހައްދަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، ށ ކޮމަންޑޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

މީގެ އިތުރުން ބ މާޅޮހުގައި ފެންބޮޑުވެ 3 ގެއަކަށް ގެއްލުން ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ ގަސް ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޅ ނައިފަރުގައި ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ގަދަ ވައިގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައިފައިވެއެވެ.

ހއ އިހަވަންދޫ ގައި ގަދަ ވައިގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލައިލައިފައިވާއިރު އެރަށުން އެހެން ގެއެއްގެ ފާރެއްގެ މައްޗަށް ގަހެއް ވަނީ ވެއްޓި ގެއްލުންވެފައެވެ. މީގެ އިތުރުން ކ މާފުށި، ކ ދިއްފުށި އަދި ކ ތުލުސްދޫގައި  ވައިގަދަވެ ބައެއް ރުއްގަސް ވެއްޓުމުގެ ހާދިސާ ތައް ހިނގައިފައިވަ ކަމަށް އެންޑީއެމް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ކ ހުރާގެ ގެއެއްގެ ފުރާޅެއްގެ ބައެއް އެއްލާލައިގެން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ފ ފީއަލީގައި ވައިގަދަވުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުން ލިބިފައިވާ ކަމަށާއި، އއ ފެރިދޫގައި މީހުން  ދިރިއުޅޭ ގެއެއްގެ މައްޗަށް ބަނބުކެޔޮގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، މި ހާދިސާގެ ސަބަބުން އެގޭގައި ދިރިއުޅޭ ފަރާތްތަކަށް އެރަށު ކައުންސިލުން ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެކެވެ. މެޓް އޮފީހުން ދަނީ ދޭތެރެދޭތެރެއިން ސަމާލު ނެރެމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.