އެމްއެންޔޫގެ ގްރެޖުއޭޝަން. ފޮޓޯ:އެމްއެންޔޫ
ހަބަރު
06 Jul 2023 | 16:29
202 މީހަކަށް ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ދީފި

ޕްރޮފެޝަނަލް އެކައުންޓެންޓްސް ތަމްރީން ކުރުމަށްޓަކައި 202 ފަރާތަކަށް ސަރުކާރުން މިއަދު ސްކޮލަރޝިޕްދީފިއެވެ.

އެކަން މިހާރުވަނީ ހަޔަރ އެޑިޔުކެޝަން މިނިސްޓްރީގެ ވެބްސައިޓްގައި އިއުލާނުކޮށްފައެވެ.

މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 200 ފުރުސަތަށް 322 ފަރާތަކުން ހުށައަޅައިފައިވާކަމަށް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ޕަބްލިކް ކެޓެގަރީ ކެންޑިޑޭޓުން ކޮލިފައިވެ އޯޕަން ކެޓަގަރީއަށް 152 ކެންޑިޑޭޓުންވަނީ ކޮލިފައިވެފައި ކަމަށް ވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެމިނިސްޓްރީ އިން ބުނެފައިވަނީ މި ނަތީޖާ އާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން

 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00  ގެ  ކުރިން ހުށަހަޅަންވާނެއ ކަމަށާއި އަދި ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށް އެމިނިސްޓްރީ އިން ބުނެފައިވއެވެ. ޝަކުވާ ހުށައަޅާނީ [email protected] އަށެވެ.

މިއީ  މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރު ކަމަށާއި މިދިޔަ އަހަރު މި ސްކޮލަރޝިޕް ވަނީ 173 ފަރާތަކަށް ދެވި މީގެން ގިނަ ދަރިވަރުން ވަނީ މިހާރު ކިޔަވަން ފަށާފައި ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިޢުލާނުކުރި ސްކޮލަރޝިޕްތަކެއް ކަމަށާއި މި ސްކޮލަރޝިޕްގެ މައިގަނޑު މަޤްޞަދަކީ އެކައުންޓިންގް ދާއިރާއިން ވަޒީފާގެ ބާޒާރުގައި ދިވެހިން ތަމްރީންވުމަށް މަގު ފަހިކޮށްދިނުން ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެކައުންޓިންގެ ދާއިރާއަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ލިބެންހުރި ދާއިރާއެއް ކަމަށާއި އަދި މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސައްކަތްކޮށްގެންވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެއް ކަމަށް އެމިނިސްޓްރީ އިން ބުނެއެވެ.  

ރާއްޖޭގައި ދިރިއުޅޭފަރާތަކަށް މި ސްކޮލަރޝިޕްގެ އެހީގައި އޭސީސީއޭ އަދި ސީމާ ޕްރޮގްރާމް ފުރިހަމަކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެމަގު ފަހިކުރެވިގެންދާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި އަދި މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފެދި ، ވަޒީފާގެ ބާޒާރަށް ނުކުތުމުން މި ދާއިރާގައި މިހާރު ބަރޯސާވާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެފައިވެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވުމަށްޓަކާ ދޭން ޖެހޭ ރަޖިސްޓްރީކުރުމުގެ ފީ ނުވަތަ ރީރަޖިސްޓްރޭޝަން ފީ،  އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ، އެގްޒާމް ފީ، އެފްލިއޭޝަން ފީ،  

މެމްބަރޝިޕް ފީ(2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)، ބުކް އެލަވަންސް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ އަދި އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކުރެވޭނެ ކަމަށާއި،، އަދި މި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް  ސްކޮލަރޝިޕް އެވޯރޑް ކުރެވޭ ތާރީހުން ފެށިގެން ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތުކަމަށް ވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.