ފެނަބާޗޭގެ ޒުވާން މިޑްފިލްޑަރ އާރްދާ ގުލާ
ކުޅިވަރު
07 Jul 2023 | 00:00
ފެނަބާޗޭގެ ޒުވާން މިޑްފިލްޑަރ އާރްދާ ގުލާ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ!

ޒުވާން މިޑްފީލްޑަރ އާރްދާ ގުލާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ބަދަލުވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ގުލާ ރެއާލް މެޑްރިޑަށް ބަދަލުވީ 20 މިލިއަން ޔޫރޯ ޓްރާންސްފާ ފީއެއްގައެވެ.

ގުލާ ވަނީ ނިމިދިޔަ ސީޒަންގައި ފެނަބާޗޭގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީ ހަތަރު ލަނޑު ޖަހުމަށް އެސިސްޓް ކޮށްދީފައެވެ.

މިހާތަނަށް އޭނާ ވަނީ ފެނަބާޗޭއަށް ކުޅެދިން 51 މެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީ އިތުރު ބާރަ ލަނޑު ޖަހުމަށް އެހީތެރިވެ ދީފައެވެ. މީގެއިތުރުން ވެސް މިހާރު ތުރުކީގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ގުލާ އަކީ ތުރުކީ ގައުމީ ޓީމަށް އެންމެ ހަގު އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

މިހާރު ފެނަބާޗޭގެ 10 ނަމްބަރު ޖޯޒީގައި ކުޅެމުން އަންނަ ގުލާ، އެންމެ ފުރަތަމަ އެ ޓީމަށް މެޗެއް ކުޅެފައި ވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. އަދި ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ގުލާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރިއެވެ. އޭގެތެރޭގައި ބާސެލޯނާ، އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް، ނިއުކާސަލް ޕީއެސްޖީގެ އިތުރުން ބަޔާން މިއުނިކް ވެސް ހިމެނެއެވެ.

ރެއާލުން މި ޓްރާންސްފާ މާކެޓްގައި މިހާތަނަށް ފަސް ކުޅުންތެރިއެއްގެ ސޮއި ވަނީ ހޯދާފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގުލާގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އިންގްލެންޑްގެ ޕްލޭމޭކަރ ޖޫޑް ބެލިންހަމް، ސްޕެއިންގެ ފޯވާޑް ހޯސެލޫ، އަދި ސްޕެއިންގެ ޑިފެންޑަރ ފެރާން ގާސިއާ އިތުރުން އޭސީ މިލާނުގެ ފޯވާޑް ބްރަހީމް ޑިއާޒް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.