ސސ
ހަބަރު
07 Jul 2023 | 13:39
ލާ ފޭރާމުގެ ސަބަބުން ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ތިބާ ވެގެން ނުވާނެ: ހުކުރު ޚުތުބާ

ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފިއެވެ. 

''އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން'' މިމައުޟޫއަށް އަމާޒުކޮށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ އާލަމްތަކަށް ރަހުމަތެއް ގޮތުގައި الله ބާވައިލައްވާފައިވާ މާތް ދީން ކަމަށާއި، އެ ދީނުގައި ވަރަށް މަތިވެރި އަސާސްތަކުގެ ތެރޭގައި، އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބޭނުންވާނެ ހަމަތަކާއި އުސޫލުތައް ލައްވާފައިވާ ކަމަށެވެ.

އެގޮތުން، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަތިވެރި އެއްސިފައަކީ ސާފުތާހިރުކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

''ކީރިތި ރަސޫލާގެ ސުންނަތުގައި ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: ''ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.'' އަދިވެސް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ'' ތިޔަބައިމީހުން މިހަށިގަނޑުތައް ސާފުތާހިރު ކުރާށެވެ! މާތްالله ތިޔަބައިމީހުން ތާހިރު ކުރައްވާނެތެވެ.'' ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި ބުނީ އިންސާނާ ސާފުތާހިރު ވުމަށްޓަކައި ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. އެމީހެއްގެ ހިތުގައި ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ވާ މީހާ ސުވަރުގެ ނުވަންނާނެއެވެ." މީހަކު ދެންނެވިއެވެ. ހަމަކަވަރުންވެސް ރިވެތި ފޭރާން ލުމަށް މީހުން ބޭނުންވާނެއެވެ. ފަހެ، ކީރިތި ރަސޫލާ ޙަދީތް ކުރެއްވެވިއެވެ. "ހަމަކަށަވަރުން މާތް الله އީ ރިވެތިކަމުގެ ސިފަ ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ރިވެތިކަމުގެ ސިފަ ދެކެ الله ލޯބިވެ ވޮޑިގެންވެއެވެ. ބޮޑާކަމަކީ ހައްގަށް އިންކާރު ކުރުމާއި މީސްތަކުން ނިކަމެތިކުރުމެވެ." މިބަސްފުޅުން ދޭހަވަނީ، ބޮޑާ ކަމާއި ކަންދެއްކުމެއް ނެތި، ރީތި ސާފުތާހިރު ފޭރާން ލުމަކީ، އިސްލާމް ދީނުގައި ހުއްދަކަމެއް ކަމަށެވެ. އަދި ރީތިކަމަކީ، މާތް الله ލޯބިވެ ވޮޑިގެންވާ ކަމެއް ކަމެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަޅުކަމަކީ އިންސާނާއަށް ރޫހާނީ ސާފުތާހިރުކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ތިމާގެ ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތްالله ގެ ރުއްސެވުމާއި އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.