އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން/ ފޮޓޯ: އީސީ
ހަބަރު
07 Jul 2023 | 16:15
ރިޔާސީ އިންތިޚާބުގެ ބާކީ ވޯޓު ކަރުދާސްތައް ޕަންޗުކުރަން އީސީއިން ނިންމައިފި

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ދަރުދާސްތަކުގެ ތެރެއިން ބާކީވާ ކަރުދާސްތައް އަލުން ބޭނުން ނުކުރެވޭނެހެން ޕަންޗުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. 

ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގެ ތެރެއިން ބާކީވާ ކަރުދާސްތައް ނައްތާލުމަށް ޕީޕީއެމުން ހުށައެޅި ހުށައެޅުމަށް ރިޔާސީ އިންތިޚާބުގެ ލަފާދޭ ކޮމެޓީގެ ދެވަނަ ބައްދަލުވުމުގައި އީސީން ވަނީ ކޮމިޝަންގެ ލަފާއަށް އަހާފަ އެވެ. 

ޕީޕީއެމުން އެފަދައިން ހުށައެޅީ ބާކީ ކަރުދާސްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލާނެކަމުގެ ބިރު ރައްޔިތުންގެ މެދުގައި އޮތްކަމަށް ބުނެއެވެ.

އެ ބައްދަލުވުމުގައި ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގެ ތެރެއިން ބާކީ ވާ ކަރުދާސްތައް ނައްތާލުމުގެ ބަދަލުގައި އަލުން ބޭނުން ނުކުރެވޭނެގޮތަށް ކަރުދަާސްކޮޅުގެ ކަނުން ކަނޑާލުން ނުވަތަ ޕަންޗުކުރުމަކީ ރަނގަޅުކަމެއް ކަމަށް ބުނެފައެވެ.

އަދި އިންތިޚާބުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެފަދައިން އެކަންކުރުމަކީ ރަނގަޅު ގޮތެއްކަމަށް ލަފާދޭ ކޮމެޓިން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ޤައުމީ ލަފާދޭ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކޮމިޝަނަށް ދެއްވާފައިވާ ލަފާފުޅަށް ރިޢާޔަތްކުރައްވައި، 2023 ސެޕްޓެންބަރު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުނަގާ ނިމުމަށްފަހު، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރީން، އެ ކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ބާކީ ހުންނަ ވޯޓު ކަރުދާސްތައް ޕަންޗުކުރަން ނިންމާފައިވާ ކަމަށެވެ. 

އެފަދައިން ނިންމާފައިވަނީ އިންތިޚާބާ ގުޅިގެން ބޭއްވި 438 ވަނަ ޚާއްޞަ ޖަލްސާގައިކަމަށް ހަބީބު ވިދާޅުވި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިންތިޚާބުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.