ލޯކަލް ކައުންސިލް އިންތިޚާބެއްގެ ވޯޓު ލުން ކުރިޔަށްދަނީ... ފޮޓޯ/ ދެން
ހަބަރު
07 Jul 2023 | 16:32
ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލާފައިވާ މީހުން ރީ-ރަޖިސްޓީ ކުރަން ނުޖެހޭ ގޮތަށް ހަދައިފި!

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން މާލެއަށް ރަޖިސްޓްރީކޮށްފައިވާ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރީ-ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

‏ކޮންމެ ރިޔާސީ އިންތިޚާބެއްގައި ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ އަލުން ފެށުމަށް މީގެ ކުރީން ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބު 2023 ގެ ޤައުމީ ލަފާދޭ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ، އެގޮތަށް އެހެން ހެދުމުގެ ބަދަލުގައި، އެންމެ ފަހުން ބޭއްވުނު އިންތިހާބުގައި މީހުން ރެޖިސްޓަރ ކޮށްފައިވާ ތަނަށް ކުރުމަށް ލަފާ އަރުއްވާފައެވެ.

އެހެން ކަމުން، ލަފާއަށް ރިޢާޔަތްކުރައްވައި، މިއަހަރުގެ ސެޕްޓެންބަރ 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް އަލުން ރެޖިސްޓާ ކުރަން ނުޖެހޭ ގޮތަށް އީސީން ނިންމާފައިވާ ކަމަށް، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފަ އެވެ. 

އަދި އެފަރާތްތައް ފިޔަވައި، އެހެން ހުރިހާ ފަރާތްތައް (ޖަލުތަކާއި، ސިނާއި ތަންތަނާއި، ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ހިމެނޭހެން) ރެޖިސްޓާރ ވާނީ ކުރިންވެސް އޮތް ގޮތަށް އެފަރާތެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

އަދި އެކަން ނިންމާފައިވަނީ އިންތިޚާބާ ގުޅިގެން ބޭއްވި 438 ވަނަ ޚާއްޞަ ޖަލްސާގައި ކަމަށް ހަބީބު ވިދާޅުވި އެވެ.

މި ނިންމުމާ ގުޅިގެން، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކޮށް އަންގާ އިޢުލާންކުރެވޭނެ ކަމަށާ، އެ އިޢުލާންގައިވާ ލިސްޓުގައިވާ މަޢުލޫމާތު ކަށަވަރުކޮށް ރީ-ރަޖިސްޓްރޭޝަނަށް މިހާރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޝަކުވާއެއްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ލިސްޓުގައިވާ މަޢުލޫމާތުތައް ޗެކުކުރުމަކީ ވޯޓުލާ ފަރާތްތަކުގެ ފަރުދީ ޒިންމާއެއް ކަން ހަބީބު ފާހަގަކުރެއްވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ، މި މުއްދަތުގެ ފަހުން ކޮމިޝަނާއި، ވޯޓުލާ ދުވަހު ލިސްޓާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކަށް ކޮމިޝަނުން އިޖާބަ ނުދޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.