ރައީސް ނަޝީދު ޑިމޮކްރެޓްސްގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
08 Jul 2023 | 11:19
ޑިމޮކްރެޓްސްގެ އިންތިޚާބީ މަޝްވަރާ ތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

ދަ ދިމޮކްރެޓްސްގެ އިންތިޚާބީ މަޝްވަރާ ތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ބޮޑުފެންވަޅުގޭގައި ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ކަން އެޕާޓީއިން ހާމަ ކޮށްފައިވަނީ އިއްޔެއެވެ. ރައީސް ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްއިން އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެނެފައެވެ.

އެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާ އެޕާޓީއާއި ގުޅިވަޑައި ގަންނަވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ އެމްޑީޕީގެ 80 ޕަސެންޓް ނިސްބަތްވާނެ ޕާޓީ ކަމަށާއި، އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ޖެހުނީ އުންމީދުތައް ގެއްލުމުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ ޝަރުޢީ ނިޒާމަށް ކުރި އުންމީދު ފެނަށް ވެ މިނިވަން މުއައްސަސާތަކަށް ކުރި އުންމީދު ނެތި ހިނގައްޖެ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ފުރިހަމަ ގޮތުގައި ބަަލަހައްޓާނެ ކަމުގެ އުންމީދު މުޅީން ފަނޑުވެ ދިޔައިރު އުމްރާނީ މަަސައްކަތް ހިންގުމުގެ ހަމައެކަނި ބޭނުމަކީ މީހަކަށް ކޮންޓްރެކްޓެއް ދިނުމަށް ވެއްޖެ ކަމަށެވެ.

ދަ ދިމޮކްރެޓްސް އާއި  ރައީސް ނަޝީދު ގުޅިވަޑައިގަންނާނެ ކަމަށް ވިދާޅުވެފައި އޮތަސް އަދި އެމަނިކުފާނު އެޕާޓީއަށް ސޮއި ކުރައްވާފައެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން އުފެދިގެން އައި ފިކުރެއްގެ ދިރުން ފެކްޝަނުން އުފެއްދި ޕާޓީއެކެވެ. އެޕާޓީގައި ހިމެނޭ ގިނަ އިސްމެމްބަރުންނަކީ އެމްޑީޕީގައި ވަރަށް ދުވަސްވީ ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ބުނެފައިވަނީ އެޕާޓީ އިން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.