ރައީސް ޞާލިޙް ކެމްޕޭނަށް ށ އަށް ފުރައި ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ އަތޮޅަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ށ އަތޮޅުގެ ހަތަރު ރަށަކަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު ދިޔުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫ ހިމެނެއެވެ.
މިދަތުރުފުޅުގައި ރައީސް ޞާލިޙް އާއި އެކު ޢަދާލަތު ޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ، ޙާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައިވެރިވަޑައިގަނެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެނޑިޑޭޓުން މިހާރު ދަނީ ކެމްޕޭނު ހަރަކާތްތައް ފައްޓަވައި އެކަންކަން ފޯރިއާއި އެކު ކުރިއަށް ގެންދަވަމުންނެވެ.
އެގޮތުން ރަށްރަށާއި މާލޭގެ ގެގޭގައި ދޮރުން ދޮރަށް ހިންގުމާއި، ޖަގަހަ ހަރަކާތްތަކާއި ޖަލްސާތައްވެސް ދަނީ ކުރިއަށެވެ.
ރިޔާސީ އިންތިޚާބަށް ކުރި މަތިލައްވާނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް މިހާރުވަނީ އެމްޑީޕިގެ ފަރާތުން ރިޔާސީ ޓިކެޓް ހަވާލުކުރެވިފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޤާސިމް އިބްރާހިމް އަށް އެޕާޓީއިން ވެސް ވަނީ ޓިކެޓު ހަވާލުކޮށްފައެވެ.
އެމްއެމްޕީގެ ކެނޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް އަށް ވެސް އެޕާޓީގެ ފަރާތުން ވަނީ ޓިކެޓް ހަވާލު ކޮށްފައެވެ. މީގެ އިތުރުން ޕީޕިއެމް ޕީއެންސީ ކޯލިޝަނުން ރައީސް ޢަބްޢަބްދުﷲ ޔާމިން އަށް ވެސް ވަނީ ޓިކެޓް ހަވާލު ކޮށްފައެވެ. ޕީޕީއެމް ޕީއެންސީގެ ޓިކެޓް ރައީސް ޔާމިނަށް އެރުވިފައިވާއިރި އެމަމިކުފާނު އަދިވެސް ހުންނެވީ ޖަލުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists