ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާނުކުރުމުގެ ކުރިން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ހަބަރު
09 Jul 2023 | 10:27
ގޯތިލިބޭމީހުންނާއި ޖޮއިންޓް ވެ ފޯމު ހުށައެޅުމަށް ހުޅުވާލައިފި

މާލޭ ރަށްވެހިންގެ ތެރެއިން ގޯތި ލިބޭމީހުންނާއި އެކު ޖޮއިންޓް އެޕްލިކޭޝަން ފޯމު ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓަރީ އިން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ހިލޭ ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުން އެ ލިސްޓްގައި ހިމެނޭ "ގޯތި ލިބޭ" މީހުންނާއެކު ޖޮއިންޓްވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ މީހުން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު 15 ޖުލައިގެ 23:59 ނިޔަލަށް ހަމަޖެހިފައި ވާނެ ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާން އެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓް އެ ރިކުއެސްޓް ގަބޫލުކުރުމުން ކަމަށް ވެސް ބުންޏެވެ.

ޖޮއިންޓް ވުމަށް ހުޅުވާލެވިފައިވާ ފަރާތްތަކުގެ ތެރޭގައި ޖޮއިންޓް ވާނެ މީހަކު ނެތް ފަރާތްތަކުން ކަންކުރަންޖެހޭ ގޮތް އޮޅުން ފިލުވުމަށް "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގް މިނިސްޓްރީ އިން ބުނެފައިވަނީ އެފަރާތްތަކަކީވެސް ޝަރުތުހަމަވާ ފަރާތްތައް ކަމަށާއި، އެގޮތުން އެފަދަ ފަރާތްތައް ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ރޭންކު ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު އޮތީ ގެޒެޓްކޮށްފައެވެ.

މިހާރު ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތި ލިބޭ މީހުންގެ ނަން ހިމެނޭ ވަގުތީ ލިސްޓްގައި ހިމެނޭ މީހުންގެ އަދަދަކީ 10،314 މީހުންނެވެ. ޝަރުތު ހަމަވެ އެހެން ނަމަވެސް 9،544 މީހަކަށް މިވަގުތު ގޯތި ނުލިބޭނެ އެވެ.

އެ ނިންމުން އެހެން އޮއްވާ ފުރަތަމަ ބުރުގައި ދޫކުރާ ގޯތީގެ އަދަދު މިހާރު އިތުރު ކުރައްވާފައިވާ ކަމަށް ރައީސް ޞާލިހް މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.