ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން/ ފޮޓޯ: އިންޓަނެޓް
ހަބަރު
09 Jul 2023 | 10:40
މިއަދުވެސް ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް ކެންސަލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ކޮށްލައިފި އެވެ. 

މިއީ މިފަދައިން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކުރުމަށް ފަހު ޖެހިޖެހިގެން ކެންސަލްކުރި 5 ވަނަ ފަހަރެވެ. 

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާ އާލާސްކަންފުޅާއި އުޅުއްވާތީ، ކޯޓަށް ވަޑައިނުގެންނެވޭނެކަން އެންގެވުމާއި ގުޅިގެންނެވެ. ކްރިކް ރިޒާގެ ފަރާތުން ވަނީ ކޯޓަށް މެޑިކަލް ޑޮކިއުމަންޓުތަކެއް ވެސް ހުށައަޅާފަ އެވެ. 

ގާތް ގާތުގައި މި މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައި ވީ ނަމަވެސް މިހާތަނަށް ޖުލައި މަހަށް ތާވަލުކުރި އެއްވެސް އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. 

ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. 

އެގޮތުން އެ މައްސަލައިގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހިމެނޭހެން ހަ ފަރާތެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އަދި ވެސް ދައުލަތުން ހުށައަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނަގާ ނުނިމެ އެވެ. 

ފުއްގިރި މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއާއި މަނީލޯންޑާކުރި ކަމުގެ ކުށުގެ ދައުވާ އެވެ. 

ރައީސް ޔާމިނު ވަނީ އެ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އަދި ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނުގެ އަދާވާތްތެރިން ހެކިންނަށް ބޭނުންކޮށްގެން އެމަނިކުފާނާއި ދެކޮޅަށް އުފައްދާފައިވާ ދައުވާތަކެއް ކަމަށެވެ. 

އޭގެ އިތުރުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލަސްވެގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ހައިކޯޓަށް ހުށައަޅާފައިވާ އާރަށު ހުކުމުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާއި ހަމަޔަށް ގޮސްފައެވެ. 

އެގޮތުން ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅާ ދައުލަތުން ވަނީ އެ ނުކުތާތަކަށް ޖަވާބުވެސް ދީފައެވެ. ދެން އޮންނާނީ މައްސަލައިގައި ދެ ފަރާތުން ފާހަގަކުރަން ހުރި އިތުރުކަންކަން ފާހަގަކުރުމަށްފަހު ހުކުމް ކުރުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.