ޑޭވިޑް ޑެހެއާ
ކުޅިވަރު
09 Jul 2023 | 11:33
12 އަހަރަށް ފަހު ޑެހެއާ ޔުނައިޓެޑު ދޫކޮށްލަން ނިންމައި!

މެންޗެސްޓަރ ޔުނައިޓެޑުގެ ސްޕޭން ގޯލްކީޕަރު ޑޭވިޑް ޑެހެއާ 12 އަހަރަށް ފަހު ޔުނައިޓެޑު ދޫކޮށްލަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑެހެއާ މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުންގެ މުއްދަތު ހަމަވެފައިވާއިރު، އުމުރުން 32 އަހަރުގެ ކީޕަރު މިވަގުތު ހުރީ ފްރޭ އެޖެންޓެއްގެ ގޮތުގައެވެ. އޭނާ ބުނީ މީ ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި 12 އަހަރު ހޭދަކުރިއިރު، ޑެހެއާ ވަނީ އެޓީމަށް 545 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އޭގެތެރެއިން  190 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ، ޔުނައިޓެޑުގެ ތާރީޚްގައި އެންމެ ގިނަ ކްލީންޝީޓް ހޯދައިދިން ކީއްޕަރުގެ ޝަރަފްހޯދާފައެވެ.

2011 ވަނަ އަހަރު ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ އެތުލެޓިކޯ މެޑްރިޑުން 18.9 ޕައުންޑަށެވެ. ޔުނައިޓެޑް ދޫކޮށްލާކަން ޑެހެއާ އިއުލާނު ކޮށްފައިވާއިރު، ޔުނައިޓެޑުން އަންނަނީ އިންޓަ މިލާންގެ ކީޕަރު އަންޑްރޭ އޮނާނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ޑެހެއާގެ ވަދާއީ މެސެޖުގައި އޭނާ ބުނެފައިވަނީ ފާގަސަން އޭނާ ގެނައިފަހުން ގިނަ ކާމިޔާބީތަކެއް ލިބުނުކަމަށެވެ. އަދި ކޮންމެ މެޗަކަށް އޭނާ މެންޗެސްޓަރ ޔުނައިޓެޑުގެ ޖާޒީ ލަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ހޯދުމަށް މަސައްކަތްކުރާ ޑެހެއާ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު ޕްރިމިއަރ ލީގު، އެފްއޭ ކަޕު، ޔުރޮޕާ ލީގު އަދި ލީގު ކަޕު ދެފަހަރު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު، އަދި ނިމުނު ސީޒަން ހިމެނޭހެން ޕްރިމިއަރ ލީގުގެ މޮޅު ކީޕަރުގެ އެވޯޑް ދެ ފަހަރު ހޯދާފައެވެ. ނިމުނު ސީޒަނުގައި އޭނާ ވަނީ ލީގުގެ 17 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ.

ހޮނިހިރު ދުވަހު ޑެހެއާ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާކަން އިއުލާނު ކޮށްފައިވީނަމަވެސް، އޭނާ ދެން ގުޅޭނީ ކޮން ޓީމަކަށްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.