ސޭވް އެފްއޭއެމް ލީޑް ކުރައްވާ ސަލްސާ އާމިރް. ފޮޓޯ: މިހާރު
ކުޅިވަރު
09 Jul 2023 | 12:12
"ސޭވް އެފްއޭއެމް" ލީޑް ކުރައްވަނީ ކުރީގެ ކުޅުންތެރިޔާ ސަލްސާ އާމިރު

ރާއްޖޭގެ ފުޓުބޯޅައިގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގަން ފަށައިފައިވާ "ސޭވް އެފްއޭއެމް" ލީޑް ކުރެއްވުމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރ އިބްރާހިމް އާމިރު (ސަލްސާ) ނުކުންނަވައިފިއެވެ.

އެންމެ ފަހުން ބޭއްވުނު ސާފް ޗެމްޕިއަން ޝިޕްގައި ރާއްޖެއިން ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށްބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އެއަޑު ވަރަށް ބޮޑަށް ގަދަވެގެން ދިޔުމާއި އެކު އުފެދުނު "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުން ރޭގައި ވަނީ ބޭއްވިފައެވެ.

މި ބައްދަލުވުން ލީޑް ކޮށްދެއްވަފައިވަނީ ކުރީގެ ކުޅުންތެރިޔާ ސަލްސާ  އާމިރެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޝީ ބިލްޑިންގ ގެ ސެމިނަރ ރޫމްގައެވެ. މި ބައްދަލުވުން ވޮއިސް ގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދީފައިވެސްވެއެވެ.

މި ބައްދަލުވުން ލީޑް ކުރައްވައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވެފައިވަނީ އެބޭފުޅާއަކީ ވިކޭނެ ބޭފުޅެއް ނޫންކަމަށް ޔަޤީން ކަން އަރުވާކަމަށެވެ.

އާމިރު މިހެން ވިދާޅުވީ ބައްދަލުވުމުގައި އާންމު ބައިވެރިންނަށް ހުޅުވާލި ފުރުސަތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ 2019 އަހަރު "ފުޓްބޯލް ފްރެންޑްސް" ކިޔާ ވައިބާ ގުރޫޕެއްގައި ފުޓްބޯޅަ ބަދަލުކުރަން ޖެހޭކަން ފާހަގަކޮށް ވާހަކަ ދެއްކި ބައެއް މީހުންނަށް އެފްއޭއެމުން ހުށަހެޅި މަގާމުތަކާ އެކު އޭރު ދެއްކި ވާހަކަތައް ހިނދިގެން ދިޔަ ކަމަށް ވިދާޅުވެ، "ސޭވް އެފްއޭއެމް" ގެ ނަމުގައި ފެށި ހަރަކާތަށް އެހެން ވާން ބޭނުން ނުވާ ކަމަށް އަންވަރު ވިދާޅުވުމުން ނެވެ. 

ރޭގެ ބައްދަލުވުމުގައި ވަނީ އެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ދިނުމަށް ސްޓިއަރިން ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.

ރޭގެ ބައްދަލުވުމުގައި ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ކުރީގެ ބައެއް ހިންގުންތެރިން ބައިވެރިވެވަޑައިގަތެވެ.

އެގޮތުން ކުރީގެ ޤައުމީ ކެޕްޓަން އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އޭދަފުށީގެ އަބްދުލް ވާހިދާއި ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ހިއްސާއެއްވި ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.