ރޭގެ ބައްދަލުވުމުގެ ތެރެއިިން... ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޅިވަރު
09 Jul 2023 | 13:35
"ސޭވް އެފްއޭއެމް" ހަރަކާތުން ފުރަތަމަ ބައްދަލުވުން ބާއްވައިފި!

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކުރިމަތިވި ނާކާމިޔާބާ އެކު ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން ޖެހޭ ކަމަށް ގޮވާލައި ސޯޝަލް މީޑިއާ އާއި ވައިބާ ގުރޫޕްތަކުގައި ކަންބޮޑުވުން ފާޅުކުރުމުގެ ތެރެއިން އުފަން ކުރި "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި އެވެ.

ވޮއިސް އިން ލައިވްކުރި މި އިވެންޓުގައި ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ދުވަސްވީ ގިނަ މޫނުތަކެއް ފެނިގެންދިޔަ އެވެ. އޭގެތެރޭގައި ކުރީގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކުޅިވަރުގެ ނޫސްވެރިން މިބައްދަލުވުމުގައި ބައިވެރިވި އިރު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ފުރަތަަމަ ޑިވިޝަނުގެ އެއްވެސް ޓީމަކުން މި ހަރަކާތުގައި ބައިވެރިވެފައި ނުވާކަމެވެ.

ރޭގެ ބައްދަލުވުމުގެ ބައިވެރިން އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަމުން އެންމެ ބޮޑަށް ފާހަގަކުރީ ވެސް އެކަންތަކެވެ. ދިވެހި ފުޓްބޯޅައިގެ ހާލަތު މިހާބޮޑަށް ދަށަށް ގޮސްފައިވާއިރު ފުރަތަަމަ ޑިވިޝަނުގެ ޓީމުތަކުން މިހާލަތު ބަދަލުކުރުމަށް މަސައްކަތް ނުކުރާކަމަށްބުނެ ބައެއް ބައިވެރިން ވާނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި ރާއްޖެއަށް ފުރަތަަމަ ފަހަރަށް ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން އެއް ކުޅުންތެރިއެއް ކަމަށްވާ ސޮބާހު މުހައްމަދު ދެއްކި ވާހަކައިގައި އެފްއޭއެމްގެ ހިންގުންތެރިކަމަށް މެދުވަނީ ސުވާލު އުފައްދާފައެވެ.

މި ބައްދަލުވުމުގައި އިސްކޮށް ހަރަކާތެރިވީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުލް ވާހިދުގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު ސަލްސާ އާމިރު އާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީން، ހާމިދު އަބްދުލް ގަފޫރު ޢަދި ހުސައިން ރަޝީދު އެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސޭވް އެފްއޭއެމް ކެމްޕޭން ލީޑް ކުރައްވާ ސަލްސާ އާމިރު ވިދާޅުވީ އޭނާ ފުޓްބޯޅަ ރިފޯމް ކުރަން "ސޭވް އެފްއޭއެމް" ކެމްޕޭނުގައި ބައިވެރިވެ މި ނުކުންނެވީ، ފުޓްބޯޅައިގެ އިސް ހިދުމަތްތެރިންތަކެއް އޭނާ ގާތު އެކަމުގައި ކުރިއަށް ނުކުންނަވަން އެދިވަޑައިގަތުމުން ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުޅިވަރު ނޫސްވެރިޔާ އަޒްމީން ވިދާޅުވީ ފުޓްބޯޅަ އަށް ހެޔޮ ބަދަލު ގެނައުމުގައި މީޑިއާތަކާއި ކުޅިވަރު ނޫސްވެރިން މިހާރަށް ވުރެ ފުޅާކޮށް މަސައްކަތް ކުރަންޖެހޭކަމަށާއި ފުޓްބޯޅަ އެކޭ އެއްފަދައިން ނޫސްވެރިކަން ވެސް އޮތީ ވަރަށް ހާލުގައި ކަމަށެވެ. އަޒުމީންގެ އިތުރުން ކުރީގެ ފުޓްބޯޅަ ކޮމަންޓޭޓަރު އަދި ނޫސްވެރިޔާ އިމާދް ލަތީފް ވެސް ވަނީ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށާއި ފުޓްބޯޅަ ކުރިން އޮތް ހާލަތަށް އަބުރާ ގެންދެވޭނީ ކުލަބުތަކާއި ނޫސްވެރިން ދައުރު މިހާރަށްވުރެ ބޮޑުވެގެން ކަމަށެވެ.

ރޭގެ މިބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަންދަރްސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) ގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ވެސް ވަނީ ވައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.