ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ
ހަބަރު
09 Jul 2023 | 16:32
އީސީއިން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ ސްޕްރީމް ކޯޓަށް ވެސް ދާނަން: ޢަބްދުއްރަޙީމް

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ ބަލައިނުގެންފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީއެންސީގެ ލީޑަރު ޢަބްދުއްރަޙީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު އެ ކޯލިޝަނުން އީސީއާއިއެކު ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވައިލުމުން ރައީސް ޔާމިންގެ ކެންޑިޑެސީ ފައިލް ކުރާނެ ކަމަށެވެ.

އަދި މިކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ގަބޫލް ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދެން މިސާލަކަށް މިތަނުން ނިންމާ ގޮތެއްގެ މަތިން ދެން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއްވެސް އަޅުގަނޑުމެން ކުރާނަމޭ. އެއީ ސުޕްރީމް ކޯޓަށް ދާން ޖެހެންޏާ ދިޔުން ކަމަށް ވިޔަސް."

އަބްދުއްރަހީމް އަބްދުالله

އެގޮތުން ގާނޫނުގައި ހުންނަ ބައެއް ކަންތައްތަކަކީ އެއްބާވަތުގެ ކަންތައްތަކުގެ ގޮތުގައި ކުރިން ސުޕްރީމް ކޯޓުން ނިންމާފައި ހުންނަ ކަންތައްތައް ދެން އަންނަ އެބާވަތުގެ ކަންތައްތަކާއި ބެހޭ ގޮތުން އަމަލު ކުރުމުގަ ބައްލަވާ މިންގަނޑެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން އަބްދުއްރަހީމް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ކުރިމަތިލެއްވިއިރު ޖަލުގައި ހުންނެވި މައްސަލަ ނަންގަވާފައެވެ. 

އެގޮތުން އެ ފަހަރު ސުޕްރީމް ކޯޓުން އަންގައިގެން ޖާބިރުގެ ކެނޑިޑެންސީ ބަލައިގެފައިވާކަން އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

"އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިނުގަންނަން ނިންމައިފި ހާލަތެއްގަތާ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާންޖެހޭނީ. އަޅުގަނޑުމެން ދާންޖެހޭ ތަނަކަށް ދާނަމޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ ސުޕްރީމް ކޯޓުން ބައްލަވާނެއޭ މީގެ ކުރިން އެބޭފުޅުން ނިންމަވާފަ ހުރި ކަންތައްތަކަށް. ގާނޫނުގަ ނިހާއީ ހުކުމެއް ނެތުމެއް ނޫން، އެހެން އޮއްވަތާ މިދެންނެވި ކަންތައްތައް ނިމިފަ މިހުރީ،"

އަބްދުއްރަހީމް އަބްދުالله

މިކަމުގައި އީސީއިން ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް މިއަދު ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއިއެކު އެޕާޓީގެ ރިޔާސީ ކެނޑޭޓް ރައީސް ޔާމީން އިންތިޚާބުގައި ކުރިމަތި ނުލެއްވޭނެ ހާލަތަކަށް ވިސްނާފައި ނުވާ ކަމަށް އަބްދުއްރަހީމް ވަނީ ތަކުރާރު ކޮށް ވިދާޅުވެފައެވެ.

"ކުރުކޮށް ދަންނަވަންޔާ ރައީސް ޔާމީންގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގަ އޮންނާނެ." 

އަބްދުއްރަހީމް އަބްދުالله

ޕީޕީއެމް އިން ވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ކެންޕެއިން ހަރަކާތްތައް ފައްޓާފައެވެ. މިއާއިއެކު "ދިވެހިންގެ ރާއްޖެ" އެޕާޓީގެ ސްލޯގަންގެ ގޮތުގައި  ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި