މަޝްރޫއު ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
09 Jul 2023 | 21:25
ށ އަތޮޅުގެ 3 ރަށެއްގައި ފަތާ ސަރަހައްދު ޤާއިމް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ށ. ފީވައް، ށ. ފޭދޫ އަދި ށ. ފޯކައިދޫގައި ފަތާ ސަރަހައްދެއް ޤާއިމްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ހުސައިން މޫސާ ސޮއިކުރެއްވިއިރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ށ އަތޮޅުގެ ފީވައް، ފޭދޫ އަދި ފޯކައިދޫއަކީ ފަޅުކުޑަކަމުން މޫދަށް އާންމުކޮށް އެރޭ ސަރަހައްދުތަކުގައި އޮއެ ގަދަ ރަށްތަކެއް ކަމަށާއި މިކަން ވަކިން ބޮޑަށް ހުޅަނގު ނަކަތްތަކުގައި މޫސުން ގޯސްވާއިރު ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، މިއަދު ސޮއިކުރެވިގެން ދިޔަ މަޝްރޫޢުއާއިއެކު މި ތިން ރަށުގައި އަމާން ހިތްގައިމު ފަތާ ސަރަހައްދެއް މުސްތަޤުބަލުގައި ޤާއިމްވެގެން ދިޔުމަކީ މި ތިން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެމްޓީސީސީއިން ދެކޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާ މަސައްކަތްތައް:

-ށ. ފީވަކުގައި 2,500 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (25x100) ޤާއިމްކުރުމަށް 97 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް.

-ށ. ފޭދޫގައި 1,620 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30x54) ޤާއިމްކުރުމަށް 62 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 50 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް.

-ށ. ފޯކައިދޫގައި 2,100 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30x70) ޤާއިމްކުރުމަށް 101.56 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 40 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް.

މި މަޝްރޫޢަކީ 16.61 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ