ރައީސް ޔާމިނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
09 Jul 2023 | 21:22
ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު 16 އަތޮޅެއްގައި ފަށައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕޭނު 16 އަތޮޅެއްގައި ފަށާފައިވާކަން ޕީޕީއެމުން ހާމަކޮށްފި އެވެ. 

ރައީސް ޔާމިނުގެ ކެމްޕޭނާއި ގުޅޭގޮތުން ޕީޕީއެމުން ބުނީ އާދިއްތަ ދުވަހު މ، ފ، ދ، ތ އަދި ލ ގައި ރައީސް ޔާމީނުގެ ކެމްޕޭނު ފަށާފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނުތައް ފަށާފައިވަނީ އެ ކަމަަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ. 

ރައީސް ޔާމިނުގެ ކެމްޕޭނު ނިމުނު ހަފްތާގައި ރަސްމީކޮށް ފަށާފައިވާއިރު މާލޭގެ އިތުރުން ހއ، ހދ، ށ އަދި ކުޅުދުއްފުށީ ސިޓީގައި ވެސް ވަނީ ކެމްޕޭނު ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ. 

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާތަނަށް މާލޭގެ އިތުރުން ޖުމްލަ 16 އަތޮޅެއްގައި ރައީސް ޔާމިނުގެ ކެމްޕޭނު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. 

ޕީޕީއެމުން ބުނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނުގެ ކެމްޕޭނު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަރަށް ބޮޑަށް އަތޮޅުތަކުގައި ތިބި ފަރާތްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ލާމަރުކަޒީކޮށް ކަމަށެވެ.

އެފަދައިން ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދާއިރާގެ ކޮންމެ ދާއިރާއަކުން ރައީސުންނާއި، ޒުވާނުންގެ ރައީސް އަދި އަންހެނުންގެ ރައީސްއެއް ވަނީ އިންތިޚާބިކޮށްފަ އެވެ. 

ރައީސް ޔާމިނުގެ ކެމްޕޭނު ހަރަކާތްތައް ފެށުމަށް މާލޭގައި ވަނީ ދޮރުން ދޮރަށް ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ރައީސް ޔާމިނުގެ ކެމްޕޭނު ރަސްމީކޮށް ފަށައިގެން ކުރިއަށް ގެންދާއިރު، އެމަނިކުފާނަށް އަމަލީގޮތުން ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމަކީ ވަރަށް ބޮޑު ފަޅުކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ކެމްޕޭނު މެނޭޖަރު ކެޕްޓަން މުޙައްމަދު އަމީނު ވަނީ ސިފަކުރައްވާފަ އެވެ. 

މިވަގުތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ކެޕްޓަން އަމީނު ވަނީ ވިދާޅުވެފަ އެވެ. 

އަދި ރައީސް ޔާމީން މިނިވަންވެ ވަޑައިގެތް ކެމްޕޭނު ހަރަކާތްތަކާއި ގުޅިވަޑައިގަންނަވަން ދެން މަޑުނުކުރައްވާ އަތޮޅުތެރޭގައި ވެސް ކެމްޕޭނު ހަރަކާތްތައް ދުރާލާ ފަށައިގެން ކުރިއަށް ގެންދެވުމަށް ރައީސް ޔާމީނުގެ ކެމްޕޭނު މެނޭޖަރު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.