ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
10 Jul 2023 | 09:44
އެމްޑިޕީން ވަކިވީ ފިއްކަނޑައިގެންދާ ވަރުގެ ކޮރަޕްޝަން ނެޓުވޯކަކަށް ސަރުކާރު ބަދަލުވީމަ: ރައީސް ނަޝީދު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގަތީ ފިއްކަނޑައިގެންދާ ވަރުގެ ވައްކަމާއި ކޮރަޕްޝަންގެ ނެޓުވޯކަކަށް އެމްޑީޕީ ސަރުކާރު ބަދަލުވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ހައުސް އޮފް ދަ ޑިމޮކްރެޓްސް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގައި ފެނިގެން ދިޔައީ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑު ނެޓުވޯކެއް ސަރުކާރުގެ ތެރޭގައި އުފެދިގެން ދިޔަ މަންޒަރުކަމަށާއި، އެކަންކަން ހުއްޓުވާ ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން ބަލަމުން ވެސް ނުދާކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އަސްލު ސަބަބަކީ ވެސް އެމްޑީޕީ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްއިރު އެއިން އެއްވެސް މައްސަލައެއް ނުބަލާ، އެކަންކަމުގައި މުޅި ސަރުކާރު ޝަމިލުވާތީކަމަށެވެ. 

"އަޅުގަނޑުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދޫކޮށް ނިކުތީ ޕާޓީގެ ސިޔާސަތުތައް، ރައްޔިތުންނަށް ވައުދުވީ ވައުދުތައް ނުފުއްދާ މުޅިން އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރު ޝާމިލުވަމުން ދިޔައިމަ. އެ ކަންތައްތައް ވެގެން ދިޔައީ ބިރުގަނެ ފިއްކަނޑައިގެންދާ ބާވަތުގެ ކަންކަމަށް. އެއީ ވައްކަމާއި ޚިޔާނާތުގެ ނެޓުވޯކަކަށް.. އަޅުގަނޑުމެނެއް ބޭނުމެއް ނޫން ޚިޔާނާތުގައި ޖެހޭކަށް. އަޅުގަނޑުމެނެއް ނޯންނާނެ ދައުލަތުގެ ލާރިން ލޯ ލާރިއެއްވެސް އިރާދަކުރެއްވިއްޔާ ނަގާފައެއް، އަދި ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައެއް" 

ރައީސް މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބަލަން ޖެހޭކަމަށެވެ. 

ވަކިން ޚާއްސަކޮށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ތިބި ދަނޑިވަޅެއްގައި "ރައްޔިތުންގެ ނޭވާހޮޅިން" ކުރި ވައްކަން (ވެންޓިލޭޓަރު ކޮރަަޕްޝަން) ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ނުބެލިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ފެންމަތިވުމަކީ ގާތުގައިވާ ކަމެއް ކަމަށެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއި ގުޅި، އަންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއަށް ވޯޓުދޭ މީހުންނަކީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ވޯޓުދޭ މީހުން ކަމަށެވެ. 

ދި ޑިމޮކްރެޓްސްގެ ހުރިހާ އުސޫލުތަކާއި، އަސާސްތަކެއް ބިނާވެފައިވަނީ އާންމު ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ފުދުންތެރިކޮށް ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކަމަށްވާއިރު، މި ޕާޓީއަށް ދޭ ކޮންމެ ވޯޓަކީ އެ މަގަށް ގައުމު ގެންދިއުމަށް ދޭ ވޯޓެއްކަމަށް ނަޝީދު ވަނީ ސިފަކުރައްވާފަ އެވެ. 

ދަ ޑިމޮކްރެޓްސް އިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.