ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން-- ފޮޓޯ/ ވޮއިސް
ހަބަރު
10 Jul 2023 | 11:44
ރާއްޖޭގެ ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން: ޢަލީ ހުސައިން

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގިނަ ފަނޑިޔާރުން ތިއްބެވީ، ނުހައްގުން އެބޭފުޅުންގެ ސުލޫކީ މައްސަލައެއްގެ ބަލައި ފިޔަވަޅު އަޅާނެކަމަށް، އެކަމާއި ބިރުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

އިއްޔެ ށ. ނޫމަރާގައި ބޭއްވުނު ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް މިނިވަން ކަމާއި އެކު ހުކުމް ކުރުމުގެ ބާރު މިހާރު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ޢަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ޖޭއެސްސީ އިސްލާހު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށެވެ. ނަމަވެސް އެކަން އަދިވެސް ނުކުރައްވާ ކަމަށް ޢަލީ ވިދާޅުވި އެވެ.

މިއާއެކު ޢަލީ ވިދާޅުވީ ރާއްޖޭގެ މުޅި ޖުޑީޝަރީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގެ ދަށުގައި ކަމަށެވެ.

"ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން." އަލީ ވިދާޅުވިއެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ތަނަކަށް ހެދުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެމަނިކުފާނުގެ މި ދައުރު ނިމިގެން ދިޔައިރުވެސް އެކަން ނުކުރައްވާތީ، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގުވެސް ވަނީ ދެތިން ފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބޭރު ކޮށްލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ވަނީ ޖޭއެސްސީ އިސްލާހު ކުރާ ބިލް ހުށަހަޅާފައެވެ. އެ ބިލުގައި އަދިވެސް ޖޭއެސްސީ އިން ސިޔާސީ ހުރިހާ ފަރާތްތަކެއް އުނިކުރަން ސަރުކާރުން ނިންމާފައެއް ނުވެއެވެ.

މީގެ އިތުރުން ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން ކަމަށް އަލީ ހުސެއިން ވިދާޅުވިއިރު ޖޭއެސްސީ އިން ވަކި ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލައި، އަނެއްބައި ފަނޑިޔާރުންގެ މައްސަލަތައް ސާބިތުވި ނަމަވެސް މައްސަލަ ނުބަލައި ލަސްކުރާ ކަމުގެ ތުހުމަތުތައް ތަކުރާރުކޮށް އަންނަނީ ކުރެވެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.