ރޭގެ ޖަަލްސާގައި ވަޙީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަވަސް
ހަބަރު
10 Jul 2023 | 13:15
އަޅުގަނޑުމެން ރަށްރަށަށް ތަރައްޤީ ގެންނާނީ ވަޒީރަކަށް ކަޓުދޭ އުސޫލަކުން ނޫން: ވަހީދު

ރަށްރަށަށް ގެންނަ ތަރައްޤީ ގެންނާނީ އެރަށެއްގެ ރައްޔިތުންނަށް ޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޙީދު މިހެން ވިދާޅުވީ ރޭ ދަ ޑިމޮކްރެޓްސްގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވަޙީދު ވިދާޅުވީ ބޭނުންތައް ބަހާލައިގެން ލިބޭ މިންވަރު ދަނެގެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ދައުލަތުގެ މުއްސަނދިކަމުގެ ފައިދާ ކޮންމެ ރައްޔިތަކަށް ހޯދައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރަށެއްގެ ބަނދަރެއް ހަދާނީ އެރަށެއްގެ ގޭބިސީއަށްޓަކައި، ރަށެއްގެ މަގު ހަދާނީ އާއިލާއަށް ޓަކައި، ރަށެއްގެ ދަނޑު ހަދާނީ އެރަށުގަ ކުޅޭ ކުދިންނަށްޓަކައި، ހަމައެކަނި މިތާ ހުންނަ ވަޒީރަކަށް ކަޓުދޭ އުސޫލަކުން ނޫން އެކަންކުރާނީ، އެކަން ކުރުމުގެ ބާރުވެރިކަން ރަށްރަށަށް އަދި ރައްޔިތުންނަށް އަޅުގަނޑުމެން ދޫކޮށްލާނަން" ވަޙީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޙީދު އިތުރަށް ވިދާޅުވީ ދުނިޔޭގެ ތާރީޚުގައި ފަސްއަހަރުގެ ދައުރަކުން ނިންމަން ބުނި ކަންކަން ނިންމަން އިތުރު ފަސްއަހަރުގެ ދައުރަކަށް ބޭނުންވާނެ ކަމަށް ބުނި މީހަކު ރައީސް ޞާލިޙް ނޫނިއްޔާ ނެތް ކަމަށެވެ.

ވަޙީދުގެ ވާހަކައިގައި ރައީސް ޞާލިޙްގެ ށ ދަތުރުފުޅުގައި އިތުރު ވަޢުދުތައް ވެ ވަޑައިގަތުމުން އެކަމަށް ފާޑުކިޔުއްވާފައިވެއެވެ.

ރޭ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.