ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ޑިމޮކްރެޓްސް
ހަބަރު
10 Jul 2023 | 13:20
ރާއްޖެ އަންނަން އޮތް ޖީލަށް ރައްދުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން މިސަރުކާރަށް ވަނީ ނުކުރެވިފައި: ރައީސް ނަޝީދު

ދިވެހިރާއްޖެގެ އަންނަން އޮތް ޖީލަށް ރާއްޖެ ރައްދުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން މިސަރުކާރަށް ވަނީ ނުކުރެވިފައި ކަމަށް ރާއްޖެގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޖޭގެ ރައްޔިތުނަށް އެންމެ ބޭނުން ޖެހިފައިވާ  ކިތަންމެކަމެއް ޑިމޮކްރެޓްސްއިން ފާހަގަކޮށްދޭނެ ކަމަށެވެ.  އަދި އެކަންކަމުގެ ހައްލު، އަދި އެކަންކަން ރަނގަޅުކުރުމަށް ކުރަންވީ ކަންކަން އެޕާޓީގެ ފަރާތުން ކިޔައިދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން މާލީ ކަންކަމާއި، ދިވެހި ދައުލަތުގެ ދަރަންޏާއި އެދަރަނި އަދާކުރާނެ ގޮތް، ޓެކްސް ބޮޑު ވަމުންދާ މިންވަރު، ޓެކްސް ކުޑަކުރެވޭނެ ގޮތް، ޖީއެސްޓީ ބޮޑުވަމުންދާ މިންވަރުގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާ މިންވަރު، އިންފްލޭޝަން ރޭޓު ހުރި މަތިމިންވަރު، ޒުވާނުންގެ ވަޒީފާގެ ފުރުސަތުތައް މަދުކަން، ޒުވާނުންގެ ތެރެއިން 40 ޕަސެންޓް ޒުވާނުންނަކީ ވަޒީފާއެއް އަދާ ކުރުމުގެ ފުރުސަތު ނެތް ޒުވާނުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ވަކިވެވަޑައިގަތީ ޕާޓީގެ ސިޔާސަތުތަކާއި، ރައްޔިތުންނަށް ވީ ވަޢުދުތަކާއި ނުފުއްދާ އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރު އުޅެން ފެށުމުން ކަމަށެވެ. އަދި އެކަންކަން ވެގެންދިޔައީ ބިރުން ފިއްކަނޑައިގެން ދާވަރުގެ ވައްކަމާއި ޚިޔާނަތުގެ ކަންކަމަށެވެ.

އެމަނިކުފާނު އިތުރަސް ވިދާޅުވީ ދައުލަތުގެ ލޯލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ.

ރޭ ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފައިވާއިރު އެމަނިކުފާނުވަނީ އެ ޕާތީ އުފެއްދުމަށް ބޭއްވުނު ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނު އަދި އެޕަޓީ އަށް ސޮއި ކުރައްވައިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.